ކައިވެންޏަށް އެދުމަކީ މައްސަލައެއް ނޫނެވެ. އަންހެނުންވެސް އަދި ފިރިހެނުންވެސް އެދެންވީއެވެ. ނަމަވެސް އެކަންކުރަންވާނީ ވަރަށް އިޚްލާޞްތެރިކަމާއިއެކުގައެވެ. މަކަރުވެރިކަމާއި އޮޅުވައިލުން އެއްގޮތަކަށްވެސް ބާއްވައިގެން ނުވާނެއެވެ.
މިހާރަކަށް އައިސް ވަރަށް ގިނައިން ދިމާވާ މައްސަލައެކެވެ. އަންހެން ކުއްޖަކު ދެކެ ލޯބިވާކަމަށް ބުނެ ހިތް އަތުލައިގެންފާނެއެވެ. ކައިވެނިކުރަން ބޭނުންވާ ކަމަށްވެސް ބުނެފާނެއެވެ. ނަމަވެސް އަންހެން ކުއްޖާގެ މައިންބަފައިންނާއި ބައްދަލުކުރަން ބޭނުމެއް ނުވާނެއެވެ. އަދި އޭނާގެ މައިންބަފައިންނާ ބައްދަލުކުރުވަންވެސް ދެކޮޅުހަދާނެއެވެ. ބިރުގަނެ ޖެހިލުންވާނެއެވެ.
ބުނަން ހެއްޔެވެ؟ ލޯބިވާ ކަމަށާއި ކައިވެނިކުރަން ބޭނުންވާކަމަށް ބުނާ މީހަކު ތިބާގެ މައިންބަފައިންނާއި ޢާއިލާއާއި ބައްދަލުކުރަން ޖެހިލުންވާނަމަ އެއީ ފޭކް މީޙެކެވެ. ބޮޑު ވަގެކެވެ. މަކަރުވެރިއެކެވެ. އެދައްކަނީ ދޮގު ވާހަކަތެކެވެ.
ވިސްނާށެވެ! އަންހެންކުއްޖާގެ މައިންބަފައިންނާއި ބައްދަލުކުރުމަކީ ކޮންމެހެން ޖެހިގެން އަންނަ ދުވަހު ކައިވެނިކުރަން މަޖުބޫރުކުރުވާ ސަބަބެއް ނޫނެވެ. އެއިރުން އަންގައިދޭނީ އޭނާއަކީ ކައިވެނިކުރަން ޝައުޤުވެރިވެގެންހުރި މީހަކު ކަމެވެ. މަކަރުހަދައި އޮޅުވާލުމުގެ ވިސްނުން އޭނާގެ ކިބައިގައި ނެތްކަމެވެ.
މީގެ މާނައަކީ މައިންބަފައިންނާއި ބައްދަލުކުރާ ހުރިހާ ފިރިހެނުންނަކީ ތެދުވެރިނަކްމަށް ބުނުމެއްވެސް ނޫނެވެ. އެއިގެ ތެރެއިންވެސް ކޮންމެވެސް ބައަކު ފޭލްވެދާނެއެވެ. ނަމަވެސް ޢާއިލާ އަށް އެނގި ޢާއިލާގެ ރުހުން ހޯދައިގެން ކުރިއަށްދާން ބޭނުންވާނަމަ އެއީ އެމީހެއްގެ ކިބައިގައި ހުރި ރަނގަޅު ސިފަތަކެކެވެ.
އަހުރެން ނަޞޭޙަތްތެރިމިވަނީ ޢާއިލާ ޢާއި ބައްދަލުކުރަން ދެކޮޅުހަދާ މީހުންނާއިއެކު ވަޤުތު ބޭކާރުނުކުރުމަށެވެ. ޢާއިލާ އާ ބައްދަލުކުރަން ބޭނުންނުވާނީ ކަންތައްތަކެއް ފޮރުވަން އޭނާ ބޭނުންވާތީއެވެ. ގިނަ ފަހަރަށް އެކަން މެދުވެރިވާނީ ކަންތައްތަކެއް ފރޮރުވަން އޭނާ ބޭނުންވާތީއެވެ.
ވީމާ ކޮންމެ އަންހެންކުއްޖަކުވެސް މިހާރު ތިމާއަށް ފިރިއަކު ބޭނުންވާކަން ވިސްނޭނަމަ ވަޤުތު ބޭކާރުނުކުރާށެވެ! ހެޔޮ ގޮތުގައި ލޯބިވާ ފިރިއަކު ހޯދަން މަސައްކަތްކުރުމަކީވެސް މައްސަލައެއް ނޫނެވެ. ނަމަވެސް ﷲ ތަޢާލާ ހުއްދަކުރައްވަވާ އިންތަކުގެ ތެރޭގައި ހުރެގެންނެވެ.
މީހަކާ ބައްދަލުވެއްޖެނަމަ ކުރިއަށްދާން ފަށަންވާނީ އިސްތިޚާރާކުރުމަށްފަހުގައެވެ.
- އުސްތާޛާ ޔާސްމީން މުގާހިދުގެ ދަރުސަކުން
ލޯބިހުށަހަޅައި ކައިވެނިކުރަން ޝައުޤުވެރިކަން ފައުޅުކުރުމަށްފަހު ޢާއިލާއާ ބައްދަލުކުރަން ޖެހިލުންވާނަމަ ގާތީ މަކަރުވެރި ކަމެއް އޮތުން! ޔަޤީންކޮށްފަ ނޫނީ ކުރިއަށް ނުދާތި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ