ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހުގެ ގޯސް ކަންތައްތަކެއް ފަޅާއަރުވާލި މައްސަލާގައި އެކަން ކުރި ކަމަށް ތުހުމަތުކޮށް، އެތަނުގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ވިސިލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން ބުނެފި އެވެ.
ވީ ކިހިނެއް؟ - ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ ދަށުން ހިންގާ ވިސިލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން ބުނި ގޮތުގައި، އޮމްބަޑްސްޕާސަންގެ އޮފީހުގައި ހުރި ނުރަނގަޅު ކަންތައްތަކެއް އެ ތަނުގެ މުވައްޒަފުންތަކެއް ވަނީ އެ ޔުނިޓަށް ރިޕޯޓުކޮށްފަ އެވެ. އެއާ ގުޅިގެން، އެކަން ކުރި ކަމުގެ ތުހުމަތުގައި ބަދަލު ހިފުމުގެ ގޮތުން އެ ތަނުގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުންޏެވެ.
ވިސިލްބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން ބުނިގޮތުގައި އޭނާ ވަޒީފާއިން ވަކިކުރީ، މަސައްކަތުގެ މާހައުލުގައި އިހާނެތިކޮށް ކަންކަން ކުރުމަށް ފަހުގައި ކަމަށް ވަނީ އެނގިފަ އެވެ.
އެތަނުން ބުނިގޮތުގައި:
މުވައްޒަފުން މައްސަލަ ހުށަހެޅީ ކާކުކަން ނޭނގޭ ގޮތަށް
އެ މައްސަލަ ބެލުމުގެ މަރުހަލާގެ ތެރޭގައި އޮފީހުގެ މުވައްޒަފުންތަކެއް ސުވާލުކުރުމަށް ހާޒިރު ކުރިކަމަށް؛ އެ މީހުން ހާޒިރު ކުރީ ސިއްރު މަޖިލީހަކަށް
ވިސިލްބްލޯ ކުރީ ވަކި މީހަކު ކަމަށް ތުހުމަތުކޮށް، އޭނާއަށް ނޭއްގާނީކޮށް އަމަލުތައް ކުރަން ފެށި ކަމަށް ރިޕޯޓުކުރި
އެގޮތުން މަސައްކަތުގެ މާހައުލުގައި އޭނާއާ މެދު ތަފާތުކޮށް، ބާކީކޮށް، އަޑުގަދަކޮށް އެއްޗެހި ކިޔާފައިވާ ކަމަށް އެތަނުގެ އެހެން ބައެއް މުވައްޒަފުން ބުނި ކަމަށް
އެކަމަކު ވަޒީފާއިން ވަކިކުރީ، މައްސަލަތައް ފަޅާއަރުވާލި މުވައްޒަފު ނޫން ކަމަށް އެ ޔުނިޓުން ޔަގީންކޮށްދޭ
ވިސިލްބްލޯވާ ޔުނިޓުން ބުނި ގޮތުގައި، ވަޒީފާއިން ވަކިކުރުމުގެ ކުރިން، އެ މުވައްޒަފަކީ މަސައްކަތަށް ރަނގަޅު މީހެއް ކަމަށް އެކަމާ ގުޅޭ ބަޔާންތަކުން އެނގެން އޮވެ އެވެ. އެކަމަކުު އެ މައްސަލަ ފެންމަތިވުމާ އެކު މުވައްޒަފު ވަކި ކުރީ، 'އޭނާގެ އަހުލާގު ހުރިގޮތުން ތަނަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ވުމުގެ ފުރުސަތު ބޮޑުކަމުންނާއި އެންގުންތަކަށް ނުކިޔަމަންތެރިވުމާއި އޮފީސް މާހައުލުގައި ފަސާދަ އުފެއްދުމާއި ސާބިތުނުހިފޭ ވާހަކަ ފަތުރާކަމަށް' ބުނެ ކަމަށް ބުންޏެވެ.
އެ ޔުނިޓުން ބުނި ގޮތުގައި، މުވައްޒަފަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން ކޯޓަށް ދެވިދާނެކަން މުވައްޒަފަށް މިހާރު ވަނީ އަންގާފަ އެވެ.
އެނގުން މުހިއްމު- މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (ޕޯސްޓް އޮފީސް)އާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތި ކުރި މުވައްޒަފަކު ވެސް ވަރަށް ފަހުން ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ. އެއާއެކު، ވިސިލްބްލޯ ޕްރޮޓެކްޝަން ޔުނިޓުގެ އަމުރަށް ނުކިޔަމަންވި ކަމަށް ބަލައި، 900،000 ރުފިޔާއިން އެތަން ޖޫރިމަނާ ކުރި އެވެ.
ވިސިލްބްލޯކުރި ކަމުގެ ތުހުމަތުގައިި މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ