ޗައިނާގެ ފެއާއެއްގައި މިފްކޯގެ އުފެއްދުންތައް ޕްރޮމޯޓުކުރަނީ
ޗައިނާ އިންޓަރނޭޝަނަލް ފެއާ ފޯ އިންވެސްޓްމަންޓް އެންޑް ޓްރޭޑް (ސިފިޓް 25) ގައި މިފްކޯއިން ބައިވެރިވެ، އެ ކުންފުނީގެ އުފެއްދުންތައް ޕްރޮމޯޓުކޮށްފިއެވެ. މިފްކޯއިން ނެރުނު ބަޔާނެއްގައި ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއިން އިންތިޒާމުކޮށްގެން ބާއްވާ މި ފެއާ ކުރިއަށްދަނީ މިއަދުން ފެށިގެން މި ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ޗައިނާގެ ފުޖިޔަން ޕްރޮވިންސްގެ ޒިޔަމިން ސިޓީގައި ކަމަށެވެ. މިފްކޯއިން ބުނި ގޮތުގައި މި ފެއާގައި މިފްކޯގެ ސްޓޯލެއް ބަހައްޓައި މިފްކޯގެ އުފެއްދުންތައް ދަނީ ޕްރޮމޯޓު ކުރަމުންނެވެ. އެކަމާ ގުޅޭގޮތުން މިފްކޯގެ ޖެނެރަލް މެނޭޖާ ލޯކަލް ސޭލްސް އެންޑް މާކެޓިން އާއިޝަތު ރިޔާޒާ ވިދާޅުވި ގޮތުގައި މިފްކޯގެ ތަފާތު އުފެއްދުންތައް މި ފެއާގައި ދައްކާލާނެއެވެ. އަދި ފެއާއަށް ޒިޔާރަތްކުރާ މީހުންނަށް މި އުފެއްދުންތައް ތަޖުރިބާކުރުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޗައިނާގެ ފެއާއެއްގައި މިފްކޯގެ އުފެއްދުންތައް ޕްރޮމޯޓުކުރަނީ -- ފޮޓޯ/ މިފްކޯ މި ފެއާގައި މިފްކޯއިން ބައިވެރިވުމުގެ މަގުސަދަކީ މިފްކޯގެ ވިޔަފާރި ބައިނަލްއަގްވާމީ މާކެޓުތަކަށް ފުޅާކުރުންކަން ފާހަގަކުރައްވައި ރިޔާޒާ ވިދާޅުވީ ބޭނުމަކީ ވަކިން ޚާއްސަކޮށް ޗައިނާގެ މާކެޓުތަކަށް މިފްކޯގެ ވިޔަފާރި ތައާރަފުކުރުން ކަމަށެވެ. ޗައިނާގައި ކުރިއަށްދާ މި ފެއާގައި މިފްކޯއިން ބައިވެރިވެފައިވާއިރު، މިހާރު ހުޅުމާލޭ ސެންޓްރަލް ޕ ކުރިއަށްދާ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) ފެއާގައި ވެސް މިފްކޯއިން ވަނީ ބައިވެރިވެފައެވެ. އެފްއެޗްއޭއެމް ފެއާގައި ބަހައްޓާފައިވާ މިފްކޯގެ ސްޓޯލަށް ވެސް ދަނީ ބޮޑު ތަރުހީބެއް ލިބެމުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ