ޖަޕާނު ސަފީރަކަށް މަހުލޫފުގެ ނަން ފޮނުވައިފި

މިދިޔަ އެމްޑީޕީ ސަރުކާރުގެ ފަސް އަހަރު ޔޫތު މިނިސްޓަރުކަން ކުރެއްވުމަށް ފަހު، މި މަހު ޕީއެންސީއަށް ބަދަލުވެވަޑައިގެން އަހުމަދު މަހުލޫފަށް ޖަޕާން ސަފީރުކަން ދޭން ރައްޔިތުންގެ މަޖިލީހަށް މިއަދު ނަން ފޮނުވައިފި އެވެ.ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި މަހުލޫފަށް ރުހުން ދިނުމާމެދު މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއް އަންގަވައިދެއްވުމަށް އެދިވަޑައިގެންފައިވެ އެވެ.މަހުލޫފަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް މިއަދުގެ ޖަލްސާގައި ވަނީ ފޮނުވާފަ އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަނީ ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް މަހުލޫފް އައްޔަންކުރަން މަޖިލީހަށް ފޮނުއްވާފައެވެ. އެހެންވެ، މަހުލޫފްގެ ނަން ދިރާސާކުރަން މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ. ކޮމިޓީން ރުހުން ދިނުމުން، ތަޅުމުން އަދި ރުހުން ދޭން ޖެހޭނެއެވެ. ސަފީރުކަމަށް އައްޔަންކުރާނީ އެއަށް ފަހުގައެވެ.މިދިޔަ އެމްޑީޕީ ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި އަހުމަދު މަހްލޫފް އެމްޑީޕީން ވަކިވެވަޑައިގެންނެވީ މި އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.މަހުލޫފް ވަނީ މި މަހުގެ 14 ވަނަ ދުވަހު ވެރިކަންކުރާ ޕީއެންސީއަށް ސޮއިކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ