މައްޗަންގޮޅި އުތުރު ދާއިރާގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމްއެއް ބަހައްޓައިދިނުމަށް މުހައްމަދު މުއިއްޒުގެ އަރިހުގައިި އެ ދާއިރާގެ ރައްޔިތަކު އެދިއްޖެ އެވެ.
މިކަމަށް ރައްޔިތަކު އެދުނީ އަމީނިއްޔާ ސްކޫލުގައި ރޭ މައްޗަންގޮޅިި ރައްޔިތުންނާ ބައްދަލުކުރުމަށް މުއިއްޒު ބޭއްވި ބައްދަލުވުމުގެ ތެރެއިންނެވެ. އެއާއެކު އެ ތަނުގައި ތިބި އެހެން ރައްޔިތުން ތަރުހީބު ދިން މަންޒަރު ޓީވީން ފެނުނެވެ.
"މައްޗަންގޮޅި އުތުރު ދާއިރާއަށް އަޅުގަނޑުމެން އޭޓީއެމްއެއް ބޭނުންވޭ. އެހެންވީމާ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅު، ރައީސްއަކީ އޭޓީއެމްގެ ރަސްގެފާނު، އެހެންވީމާ އޭޓީއެމްއެއް ހަމަޖައްސައިދިނުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު ރިކުއެސްޓެއް،" ޝުއޫރު ފާޅުކުރި ރައްޔިތަކު ބުންޏެވެ.
އެ ސުވާލަށް މުއިއްޒު ވަކި ޖަވާބެއް ނުދެއްވަ އެވެ.
މުއިއްޒު އަތޮޅު ތެރެއަށް ކުރައްވާ ދަތުރުތަކުގެ ތެރެއިން ކުރައްވާ މައިގަނޑު ކަމަކީ ގިނަ ރަށްރަށުގައި ބީއެމްއެލްގެ އޭޓީއެމް ހުޅުވަން ރިބަން ކެނޑުމެވެ. އޭގެ ސަބަބުން ގިނަ ފާޑުކިޔުންތަކެއް މުއިއްޒުއަށް އަމާޒުވެ އެވެ.
އިދިކޮޅުން އާދައިގެ ކަމެއްގެ ގޮތުގައި ސިފަކުރިޔަސް ރަށްރަށުގައި އޭޓީއެމް ބަހައްޓަނީ މާލެ އާއި ރަށްރަށް ތަފާތުކުރުން ހުއްޓުވުމަށް ކަމަށް މުއިއްޒު ވިދާޅުވެ އެވެ.
އަންނަ މާޗު މަހުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ 70 ރަށެއްގައި ޑޮލަރު އޭޓީއެމް ބަހައްޓަން ވެސް މުއިއްޒު އޮތީ ވައުދުވެފަ އެވެ.
އޭޓީއެމް ރަސްގެފާނަކީ މުއިއްޒު ކަމަށް ބުނެ މައްޗަންގޮޅި އުތުރުގައި އޭޓީއެމްއެއް ބަހައްޓަން އެދިއްޖެ އޭޓީއެމް ރަސްގެފާނަކީ މުއިއްޒު ކަމަށް ބުނެ މައްޗަންގޮޅި އުތުރުގައި އޭޓީއެމްއެއް ބަހައްޓަން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ