ޖަޕާނު ސަފީރަކަށް މަހުލޫފުގެ ނަން ފޮނުވައިފި

ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް މިފަހުން ޕީއެންސީއާ ގުޅިވަޑައިގެންނެވި ކުރީ ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ނަން ފޮޮނުވައިފި އެވެ.
ވީ ކިހިނެއް؟ - މަހުލޫފް ޖަޕާނު ސަފީރަކަށް އައްޔަންކުރުމަށް ރުހުން ހޯދުމަށް މަޖިލީހަށް ނަން ފޮނުވި އިރު މީގެ ކުރިން އެ މަގާމުގައި ހުންނެވި ހަސަން ސޯބިރު މިދިޔަ ޖުލައި މަހު އަވަހާރަވުމުން އެ މަގާމު އޮތީ ހުސްކޮށެވެ.
ތަފްސީލު - ސަފީރުކަމަށް މަހުލޫފް އައްޔަނުކުރުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވި މައްސަލަ ވަނީ ހާރިޖީ ގުޅުންތަކުގެ ކޮމެޓީއަށް ފޮނުވައިފަ އެވެ.
ފާހަގަ ކުރެވޭ - މަހުލޫފްގެ ސިޔާސީ ހަޔާތް ފެއްޓެވީ ޕީއެންސީގެ އިސް ބޭފުޅުން ކުރިން ތިއްބެވި ޑީއާރުޕީންނެވެ.
މިހާރުގެ ގާނޫނުއަސާސީގެ ދަށުން އިންތިހާބުކުރި ފުރަތަމަ ރައްޔިތުންގެ މަޖިލީހަށް ގަލޮޅު ދެކުނު ދާއިރާއިން މަހުލޫފް އިންތިހާބުވެވަޑައިގެންނެވީ ވެސް ޑީއާރުޕީގެ ޓިކެޓުގަ އެވެ.
ޑީއާރުޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގެ ތެރެއިން 2011ގައި އުފެއްދި ޕީޕީއެމްއާ މަހްލޫފް ވެސް ގުޅިވަޑައިގެންނެވި އެވެ.
މަހުލޫފް ޕީޕީއެމްއާ ދުރަށް ޖެހިވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެކޮޅަށް ނުކުންނަވަ އެވެ. އެ ވެރިކަމުގައި އޭނާ ޖަލަށް ވެސްލި އެވެ.
އޭރު އިދިކޮޅު ފަރާތްތަކުން ބޭއްވި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން ޔާމީންގެ ސަރުކާރާ ދެކޮޅަށް މަސައްކަތްކުރެއްވި އެވެ.
މަހްލޫފް އެމްޑީޕީއާ ގުޅިވަޑައިގަތީ 2018ގެ ރިޔާސީ އިންތިހާބަށް ފަހުގަ އެވެ. އެ އިންތިހާބަށް ފަހު އެކުލަވާލި އެމްޑީޕީގެ ސަރުކާރުގައި މަހުލޫފް ވަނީ ޔޫތު މިނިސްޓަރުކަން ކުރައްވައިފަ އެވެ. އެ ޕާޓީން ވަކިވެވަޑައިގަތީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ