ދަރަނި ބޮޑުވެފައިވާ ފެނަކައަށް އިތުރު ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރެއް
ލިބޭ އެއްޗަކުން ދެކޮޅު ނުޖެހި, ދަރަނި ބޮޑުވެފައިވާ ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް އިތުރު ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރެއް މިއަދު އައްޔަންކުރައްވައިފިއެވެ. ފެނަކަ ކުންފުނިން މިއަދު އިއުލާނުކޮށްފައިވާ ގޮތުގައި އެ ކުންފުނީގެ އައު ޑީއެމްޑީއަކީ, އާދަމް ތައުފީގެވެ. އޭނާ ވަނީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވައިފައެވެ. އޭނާ ވަނީ މިދިޔަ މަޖިލިސް އިންތިޚާބުގައި ކުރެންދޫ ދާއިރާއަށް ޕީޕީއެމް/ޕީއެންސީ ޓިކެޓްގައި ވާދަވެސް ކުރައްވައިފައެވެ. އެ އިންތިޚާބުން ވީ ނާކާމިޔާބެވެ. ފެނަކަ ޑީއެމްޑީގެ މަގާމުގައި މިހާރު ވެސް ބޭފުޅަކު ހުންނަވައެވެ. އެއީ، މުޙައްމަދު އާރިފެވެ. ނިމިދިޔަ ސަރުކާރުތަކުން ވެސް ކޮރަޕްޝަންގެ އެތައް އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ ފެނަކަ ކޯޕަރޭޝަން އޮތީ މާލީ ގޮތުން ވަރަށް ހާލުގައެވެ. އެ ކުންފުނީގެ މުވައްޒަފުންގެ އަދަދު ވަރަށް އިތުރެވެ. އެމްޑީޕީ ވެރިކަން ނިމުނުއިރު ފެނަކައިގެ ދަރަނި ވަނީ ހަތަރު ބިލިއަން ރުފިޔާއަށް އަރައިފައެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ