ބ. ތުޅާދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ އެ ތަކެތި ހޯދީ ތުޅާދޫ ފަޅުގައި އޮތް ލޯންޗެއްގެ ތެރެއިން ކަމަށެވެ. އެ ލޯންޗު ތެރޭގައި އޮތް ކޮތަޅަކުން ހޯދި މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 6.73 ގުރާމު ހުރިކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައިގައި މިހައިތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ.
"ތުޅާދޫ ފުލުހުން މި މަހުގެ 2، ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި އެ ރަށު ބަނދަރުގައި އޮތް ފެރީ ލޯންޗަކަށް އަރައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ސެލޯފިންކޮޅުތަކެއް ފެނިފައިވެ އެވެ." ފުލުހުން ބުންޏެވެ.
އެ އޮޕަރޭޝަން ހިންގީ ތުޅާދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭ ކަމަަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށް އެ އިދާރާއިން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ތުޅާދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި، މީހަކު ހައްޔަރެއް ނުކުރޭ ތުޅާދޫއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި، މީހަކު ހައްޔަރެއް ނުކުރޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ