މީޑިއާ ނެތިކޮށްލާ ބިލު ފާސް ކުރަން ބާއްވާ ޖަލްސާއަށް ވަނުމަށް ފުލުހުން ހުރަސް އަޅަނީ މީޑިއާ ނެތިކޮށްލާ ބިލު ފާސް ކުރަން ބާއްވާ ޖަލްސާއަށް ވަނުމަށް ފުލުހުން ހުރަސް އަޅަނީ

މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ފާސް ކުރަން ރައްޔިތުންގެ މަޖިލީހުން 4:00 ޖަހާއިރަށް ތާވަލު ކުރި ޖަލްސާ އަޑުއަހަން ވަނުމަށް ފުލުހުން ހުރަސް އަޅައިފި އެވެ.
މަޖިލިސް ކައިރިއަށް ދެވޭ ހުރިހާ މަގެއް ފުލުހުން ވަނީ މިވަގުތު ބަންދުކޮށްފަ އެވެ. ޖަލްސާއަށް ވަންނަން މަސައްކަތް ކުރާ އެންމެނަށް ފުލުހުން ދަނީ ހުރަސް އަޅަމުންނެވެ.
އެހެން ނަމަވެސް މިގޮތަށް ޖަލްސާ ސިއްރު ކުރަން ގާނޫނުއަސާސީ އާއި ގާނޫނުތަކުން ތަނެއް ނުދެ އެވެ. އެކަމަކު، އެތަނުގައި ތިބި ފުލުހުން އެއްވެސް މީހަކަށް ޖަވާބުދާރީވެފައެއް ނުވެ އެވެ.
މީޑިއާ ނެތިކޮށްލާ ބިލާ ދެކޮޅަށް އާންމުންނާއި ނޫސްވެރިން ދަނީ މިއަދު ހެނދުނުން ފެށިގެން މުޒާހަރާ ކުރަމުންނެވެ. މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ހާލަތާ އެކަށީގެންނުވާ ބާރުގެ ބޭނުންކޮށްފަ އެވެ.
ފުލުހުން ވަނީ ބައެއް ނޫސްވެރިންގެ ބޮލަށް ކަކުލުން އަރައި، އަތް އަނބުރައި، އަންނައުނަށް ގެއްލުންދީފަ އެވެ. ބައެއް ނޫސްވެރިންގެ ހަށިގަނޑުން ވަނީ ލޭ އޮހޮރުވާލައިފަ އެވެ. ނޫސްވެރިން ތިބި ހިސާބަށް ވުރެ ފަހަތަށް ޖެއްސި ނަމަވެސް މުޒާހަރާ ދަނީ ކުރިއަށެވެ.
އެ ބިލުގެ ރިޕޯޓު މީގެ ކުޑަ އިރުކޮޅެއް ކުރިން ފާސް ކުރީ ރިޕޯޓު ކިޔާލުމަށް އިދިކޮޅު މެންބަރު މީކާއީލް އަހުމަދު ނަސީމަށް ފުރުސަތު ނުދީ އެވެ.
މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ފާސް ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ބިލާ ދެކޮޅަށް މަސައްކަތް ކުރާ ބައެއް ނޫސްވެރިންނަށް ވަނީ މަރުގެ އިންޒާރު ލިބިފަ އެވެ. އޭގެ ތެރޭގައި އަދަދު ނޫހުގެ އަހުމަދު އާއިދު އާއި މުހައްމަދު ޝަހުޒާން އާއި ދައުރު ނޫހުގެ އަހުމަދު ނާއިފް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ