މިނިވަން މީޑިއާ ނެތިކޮށްލުމުގެ ބޭނުމުގައި ފާސް ކުރަން މަސައްކަތް ކުރާ ބިލާ ދެކޮޅަށް މުޒާހަރާ ކުރަނިކޮށް ހައްޔަރު ކުރި "އަދަދު" ނޫހުގެ ލީވާން އަލީ ނާސިރު ފުލުހުންގެ ބަންދުން ދޫކޮށްލައިފި އެވެ.
ލީވާން ދޫކޮށްލީ އޭނާ ހައްޔަރުކޮށްފައި ބަހައްޓާފައި ހުރި ތަނެއް ނުބުނެ ގިނަ ވަގުތުތަކެއް ފާއިތުވި ފަހުން މީގެ 30 ވަރަކަށް މިނެޓު ކުރިންނެވެ. އޭނާ ދޫކޮށްލަން ވަރަށް ގިނަ ފަރާތްތަކުން ދިޔައީ ގޮވާލަމުންނެވެ.
ލީވާން ދޫކޮށްލަން އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް އޮތީ ގޮވާލައިފަ އެވެ. އަދި ލީވާން ހައްޔަރު ކުރިކަމުގެ މައުލޫމާތު މި ނޫހުން ވާނީ ބޭރުގެ ގައުމުތަކާއި ޖަމިއްޔާތަކަށް އަންގައިފަ އެވެ.
ލީވާން ދޫކޮށްލުމުގެ ކުރިން، އޭނާ ހުރި ތަނެއް ހޯދުމަށް މި ނޫހުގެ ވަކީލުން މެދުވެރިކޮށް މަސައްކަތް ކުރުމުން ވެސް ލީވާން ހުރި ތަނެއް ބުނަން ފުލުހުން ވަނީ ދެކޮޅު ހަދައިފަ އެވެ. އެއީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން މަނާ ކަމެކެވެ.
މީޑިއާ ނެތިކޮށްލާ ބިލާ ދެކޮޅަށް އާންމުންނާއި ނޫސްވެރިން ދަނީ މިއަދު ހެނދުނުން ފެށިގެން މުޒާހަރާ ކުރަމުންނެވެ. މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ހާލަތާ އެކަށީގެންނުވާ ބާރުގެ ބޭނުންކޮށްފަ އެވެ.
ފުލުހުން ވަނީ ބައެއް ނޫސްވެރިންގެ ބޮލަށް ކަކުލުން އަރައި، އަތް އަނބުރައި، އަންނައުނަށް ގެއްލުންދީފަ އެވެ. ބައެއް ނޫސްވެރިންގެ ހަށިގަނޑުން ވަނީ ލޭ އޮހޮރުވާލައިފަ އެވެ. ނޫސްވެރިން ތިބި ހިސާބަށް ވުރެ ފަހަތަށް ޖެއްސި ނަމަވެސް މުޒާހަރާ ދަނީ ކުރިއަށެވެ.
އެ ބިލުގެ ރިޕޯޓު މީގެ ކުޑަ އިރުކޮޅެއް ކުރިން ފާސް ކުރީ ރިޕޯޓު ކިޔާލުމަށް އިދިކޮޅު މެންބަރު މީކާއީލް އަހުމަދު ނަސީމަށް ފުރުސަތު ނުދީ އެވެ.
މިނިވަން މީޑިއާ ނެތިކޮށްލާ ބިލު ފާސް ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، ބިލާ ދެކޮޅަށް މަސައްކަތް ކުރާ ބައެއް ނޫސްވެރިންނަށް ވަނީ މަރުގެ އިންޒާރު ލިބިފަ އެވެ. އޭގެ ތެރޭގައި އަދަދު ނޫހުގެ އަހުމަދު އާއިދު އާއި މުހައްމަދު ޝަހުޒާން އާއި ދައުރު ނޫހުގެ އަހުމަދު ނާއިފް ހިމެނެ އެވެ.
ޕްރެޝަރު ކުރިމަތިވުމުން ނޫސްވެރިޔާ ލީވާން ފުލުހުންގެ ބަންދުން ދޫކޮށްލައިފި ޕްރެޝަރު ކުރިމަތިވުމުން ނޫސްވެރިޔާ ލީވާން ފުލުހުންގެ ބަންދުން ދޫކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ