ހުޅުދުއްފާރުގައި މީހަކު ވަޅިން ބިރުދައްކައި، ރަށުން ކަރަންޓު ކަނޑާލައިފި
އެ ރަށުން މައުލޫމާތު ދިންގޮތުގައި، މިކަން ކޮށްފައިވަނީ އުމުރުން ގާތްގަނޑަކަށް 30 އަހަރުގެ ފިރިހެނެކެވެ. އެ ރަށުން މައުލޫމާތު ދިންގޮތުގައި އޭނާވަނީ ރަށު ކައުންސިލް އިދާރާއަށާއި އެ ރަށު ޕޮލިސް ސްޓޭޝަނަށް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ދީފައެވެ. އަދި ފެނަކަ އިންޖީނުގޭގެ ޑިއުޓީގައި ހުރި މީހާއަށް ވަޅިން ބިރުދައްކައި، ރަށުން ކަރަންޓު ވަނީ ކަނޑާލާފައެވެ. ނަމަވެސް، ކަރަންޓު ކަނޑާލިތާ 20 ވަރަކަށް މިނެޓްތެރޭ އަލުން ރަށަށް ކަރަންޓު ދީފައިވާކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.މި މައްސަލާގައި އެ މީހާ ހުޅުދުއްފާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އެ ރަށު ކައުންސިލްގެ ރައީސް ވިދާޅުވީ، މިކަމުގައި ޝާމިލްވެފައިވަނީ ނަފްސާނީ ބައްޔެއް ހުންނަ ބޭފުޅެއްކަމަށް އާއިލާއިން މައުލޫމާތު ދޭކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާއަށް މިހާރު ދަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.މިކަމާއި ގުޅޭގޮތުން ފުލުހުންގެ ފަރާތުން އިތުރު މައުލޫމާތެއް އަދި ނުލިބެއެވެ.ތަފުސީލް އަންނަނީ..
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ