މީޑިއާނެޓްގެ ވޯލްޑްކަޕް ކިކްއޮފް އިވެންޓް މިއަދު ހަވީރު ރަށްމަތިފަނުގައި

ފީފާ ވޯލްޑްކަޕްގެ ރާއްޖޭގެ ލައިސެންސްޑް ބްރޯޑްކާސްޓަރ މީޑިއާނެޓުން ނޮވެމްބަރ 11 ވާ ހުކުރު ދުވަހުގެ ހަވީރު 4 ކުން 6 އަށް ކުޅުދުއްފުށީ ރަށްމަތިފަންނު ގައި "މީޑިއާނެޓް ވޯލްޑްކަޕް ކިކްއޮފް އިވެންޓް" ބާއްވަން ހަމަޖައްސައިފިއެވެ.
މި އިވެންޓުގައި މީޑިއާނެޓުން މިހާރު ވޯލްޑްކަޕްގެ ފޯރިއާގުޅިގެން ކުރިއަށް ގެންދާ ހާއްސަ ޕްރޮމޯޝަނުގައި ބައިވެރި ވުމުގެ ފުރުސަތު ކުޅުދުއްފުށީގެ ރައްޔިތުންނަށް ލިބިގެންދާނެއެވެ. އެގޮތުން މި އިވެންޓުގައި މީޑިއާނެޓްގެ ކަނެކްޝަނެއް ބައްލަވައިގަންނަވާ ފަރާތްތަކަށް ޑިސްކައުންޓް ލިބިގެންދާނެއެވެ.
އަދި ހަމައެއާއެކު, މިހާރު ކުރިއަށް ގެންދާ ޕްރޮމޯޝަނުގައި މީޑިއާނެޓްގެ ކޮންމެ ޚިދުމަތަކަށް ސަބްސްކްރައިބް ކުރަށްވައިގެން ކޮންމެ ހަފުތާއެކު ނަސީބުވެރި އެއް ފަރާތައް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ހަމަޖައްސާފައިއެވެ.
ހަމައެއާއެކު, މި އިވެންޓުގައި ކުޑަކުދިންގެ ހަވީރެއްގެ އިތުރުން އިވެންޓަށް ޒިޔާރަތްކުރާ ފަރާތްތަކަށް ބައިވެރިވެވޭނެ ގޮތަށް ތަފާތު ހަރަކާތްތަކާއި ހަދިޔާ ދިނުމަށްވެސް ވަނީ ނިންމާފައިއެވެ. މީގެ އިތުރުން ދައްސޫރަ ބޮޑުބެރު ގްރޫޕްގެ ފަރި ހަރަކާތްތައް މި އިވެންޓުގައި ފެނިގެންދާނެއެވެ.
މީޑިއާނެޓުން އެދެނީ ވީހާވެސް ގިނަ ބޭފުޅުން މި އިވެންޓުގައި ބައިވެރިވުމަށެވެ އަދި މިހާރު ކުރިއަށް ގެންދާ މި ޕްރޮމޯޝަނުގައި ބައިވެރިވެލެއްވުމަށެވެ. މީޑިއާނެޓުން ވަނީ ނޮވެމްބަރ 4 ގައި "މީޑިއާނެޓް ކިކްއޮފް އިވެންޓް" މާލޭ ސިޓީގައި ބާއްވާފައިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ