ސްކޫލް ޕްރޮގްރާމް އޮން ރީފް ރިސްޓޯރޭޝަން އިފްތިތާޙްކޮށްފި

"ސްކޫލް ޕްރޮގްރާމް އޮން ރީފް ރިސްޓޯރޭޝަން" އިފްތިތާހް ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިއީ ބ.އަތޮޅު ފުޅަދޫގައި ބަޔޮސްފިއަރ ރިޒާވް އޮފީހާއި"ރީފްސްކޭޕަރސް"ގެ އެހީގައި ބ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ރަސްމިއްޔާތެކެވެ.
ކޮރަލް ރިހެބިލިޓޭޝަން ޕްރޮގްރާމް އިފްތިތާޙްކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި މިނިސްޓަރ ޑރ.ޙުސައިން ރަޝީދު ޙަސަން ވަނީ މުރަކަތަކުގެ މުހިއްމުކަމާއި ގުޅޭގޮތުން ދަރިވަރުންނާ މުޚާތަބުކުރައްވާ ވާހަކަދައްކަވާފައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި "ބެޓަރ އިން ބ" ބްރޭންޑްގެ ނަމުގައި ބ.އަތޮޅު ބްރޭންޑެއްވެސް ވަނީ އިފްތިތާހްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ