ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް އިއްވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލު ހުންނެވީ ރަހީނުކޮށްފައި ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވަނީ މަނީ ލޯންޑްރިންގެ ދަޢުވާ އާއި، ރިޝްވަތު ޤަބޫލުކުރުމުގެ ކުށުގެ ދައުވާ އެވެ. މި ދެ ދައުވާ ވެސް ޔާމީންގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ. ޔާމީނަށް ކަނޑައަޅާނެ އަދަބާއި މެދު ގޮތެއް ނިންމުން މިހާރު ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ. ދައުލަތުން އެދިފައިވަނީ ޔާމީނަށް 19 އަހަރުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ ގާޒީ ޝަކީލު އިއްވީ އިންޑިއާ އިން ދިން ހުކުމެއް ކަމަށާއި ކޯޓަށް މިއަދު ވަޑައިގެންނެވުމާއެކު ގާޒީ ޝަކީލުގެ ހަށިގަނޑު ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ގާޒީ ޝަކީލު ހުންނެވީ "ގަން ޕޮއިންޓް" ގައި ކަމަށްވެސް އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ ހުކުމް އިއްވިއިރު ގާޒީ ޝަކީލު ހުންނެވީ ރަހީނުކޮށްފައި ކަމަށާއި ހުކުމް އިއްވަމުން ދިޔައީ ވަކިން ކޮޓަރިއެއްގައި ހުންނަވައިގެން ކަމަށެވެ. އަދި ކޯޓަށް ފުލުހުންނާއި ސިފައިން ވެސް ޝަރީއަތް ފެށުމުގެ ކުރިން ވަތް ކަމަށް އަދުރޭ ތުހުމަތު ކުރެއްވި އެވެ.
އަދުރޭ ވިދާޅުވީ މިއީ މަގުމަތިން ދިޔަ މީހަކު ދެއްކި ވާހަކައެއް ނޫން ކަމަށާއި މިއީ އިތުބާހުރި މަސްދަރަކުން ލިބުނު މައުލޫމާތެއް ކަމަށެވެ. ނަމަވެސް އެ މައުލޫމާތު ލިބުނު ފަރާތެއް އަދުރޭ ހާމަކޮށްފައެއް ނުވެ އެވެ. އަދި ޕީޕީއެމްގެ ވެރިކަމެއްގައި ގާޒީ ޝަކީލާ ގާނޫނު އަރާ ހަމަކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޔާމީނަށް ހުކުމް އިއްވި ގާޒީ ހުރީ ރަހީނުކޮށްފައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ