ގާޒީ ސަފްވަތުގެ ސުލޫކީ މައްސަލައެއް ބަލަނީ
ކްރިމިނަލް ކޯޓުގެ ގާޒީ ސަފްވަތް ހަބީބްގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރަން ފަށައިފި އެވެ.ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ގާޒީ ސަފްވަތް ހަބީބްގެ މައްސަލަ ތަހުގީގު ކުރަނީ ކްރިމިނަލް ކޯޓުގެ މައްސަލައެއްގައި ހުލާސާ ބަޔާން ހުށަހަޅައި މައްސަލައިގެ އަޑުއެހުން ނިމިފައިވީ ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ފަދައިން މައްސަލައިގެ ހުކުމް ކުރުމުގެ މަޖިލިސް ބާއްވާފައި ނުވާތީ އެވެ.މި މައްސަލައާ ގުޅިގެން ކްރިމިނަލް ކޯޓުގެ ޤާޟީ ސަފްއަތު ހަބީބްގެ ސުލޫކީ މައްސަލައެއް ބަލުމަށް ނިންމާފައިވާކަމަށް ޖޭއެސްސީން ބުނެފައިވެއެވެ. އަދި މި މައްސަލަ ތަހުޤީޤު ކުރުމަށް ކޮމިޓީއެއް އެކުލަވާލައިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.ޖޭއެސްސީން ފަނޑިޔާރުންނާ ގުޅޭ ގިނަ މައްސަލަތަކެއް ބަލައި ފިޔަވަޅު އަޅަމުންދާއިރު ބައެއް ފަނޑިޔާރުން ދަނީ ޖޭއެސްސީން މައްސަލަ ބަލަން ފެށުމުން އަމިއްލަފުޅަށް އިސްތިއުފާ ވެސް ދެއްވަމުން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ