މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ދެކުނަށް ރީނދޫ ސަމާލު ނެރެފި

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ދެކުނުގެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ، ތ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.
އެގޮތުން މިރޭ 12:00 އިން ފެށިގެން ފަތިހު 04:00 އާ ހަމައަށް އެ ސަރަހައްދުތަކަށް ވަނީ ރީނދޫ ސަމާލުނެރެފައެވެ.
އެސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފައިވަނީ، ބޯކޮށް ވާރޭވެހި ގުގުރުން، އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.
ރީނދޫ ސަމާލު ނެރެފައި އޮންނަ ސަރަހައްދުތަކުގައި ކުދި އުޅަނދުތައް ދަތުރު ކުރުމަކީ މަނާކަމެކެވެ. އަދި ދަތުރު ފަތުރު ކުރުމުގައި ހާއްސަ ސަމާލުކަމެއް ދީގެން ދަތުރުކުރުމަށްވެސް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ