މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން ހައްޖު ކޯޕަރޭޝަނުން ޒަކާތް ދައްކަން ޖެހޭނެ ކަމަށް ފަތުވާ މަޖިލީހުން ބުނެފި އެވެ.
ފަތުވާ މަޖިލީހުން ބުނީ ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށް ދިއުމަށް ދައްކާ ފައިސާއިން ޒަކާތް ދިނުމާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުން އެ ފައިސާ ދައްކަން ޖެހޭ ގޮތަށް ނިންމީ ހައްޖު ކޯޕަރޭޝަނުން ދިން މައުލޫމާތުގެ އަލީގައި ކަމަށެވެ.
"މަޖިލީހުގެ މެންބަރުން އެ މައްސަލަ ދިރާސާކުރުމަށްފަހު ނިންމާފައި ވަނީ އާންމު ރައްޔިތުން ހައްޖަށް ދިއުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދައްކާ ފައިސާއިން ޒަކާތް ދައްކަން ޖެހޭނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން ކަމަށް،" ފަތުވާ މަޖިލީހުން ބުންޏެވެ.
ހައްޖަށް ދިއުމަށް ހައްޖު ކޯޕަރޭޝަނުން މިހާރު ކަނޑައަޅާފައިވާ އަގަކީ 69،965ރ. އެވެ.
އުސޫލު އޮތް ގޮތުން ހައްޖަށް ދިއުމަށް ހައްޖު އެކައުންޓެއް ހުޅުވުމުން، އެ އެކައުންޓުގެ ވެރިފަރާތުން އެއިރެއްގައި ކަނޑައަޅާފައިވާ ހައްޖުގެ އަގުގެ 75 ޕަސަންޓު ހަމަކުރުމުން ހައްޖަށް ދިއުމުގެ ޖާގަ ކިއުއިން ޖާގަ ރިޒާވްކޮށް ލިސްޓުގައި ހިމެނޭނެ އެވެ.
ކިއު ތަރުތީބުން ހައްޖަށް ދިއުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް ލިބޭއިރު، އެކައުންޓު ހުޅުވުމަށްފަހު އެ ފަރާތަކުން ބޭނުންވާ މިންވަރަކުން ފައިސާ ޖަމާކުރަމުން ގެންދެވޭނެ އެވެ.
މީގެއިތުރުން ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނާ އެއްގޮތަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ކަނޑައަޅާ ގޮތެއްގެ މަތިން ހައްޖުގެ އަގުގެ ބައެއް ހަމަކުރުމަށް ޕެންޝަން ފައިސާ ބޭނުން ކުރެވިދާނެ އެވެ.
ހައްޖަށް ދައްކާ ފައިސާއިން ހައްޖު ކޯޕަރޭޝަނުން ޒަކާތް ދައްކަންޖެހޭނެ: ފަތުވާ މަޖިލިސް ހައްޖަށް ދައްކާ ފައިސާއިން ހައްޖު ކޯޕަރޭޝަނުން ޒަކާތް ދައްކަންޖެހޭނެ: ފަތުވާ މަޖިލިސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ