ހަފުތާ 14 ގައި ހިމެނޭ ކުޅުދުއްފުށީ އެއާޕޯޓު ޓާމިނަލްގެ ބިންގާ އަޅައިފި ހަފުތާ 14 ގައި ހިމެނޭ ކުޅުދުއްފުށީ އެއާޕޯޓު ޓާމިނަލްގެ ބިންގާ އަޅައިފި

ރައީސް މުހައްމަދު މުއިއްޒުގެ ފުރަތަމަ 100 ދުވަސް (ހަފުތާ 14) ގެ ތެރޭގައި ފެށި ކަމަށް ކަނޑައަޅާފައި އޮތް ހދ. ކުޅުދުއްފުށީ އެއާޕޯޓްގެ ޓާމިނަލްގެ ބިންގާ ކައުންސިލް އިންތިހާބު ބޯމަތިވުމުން އިއްޔެ އަޅައިފި އެވެ.
މިދިޔަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި މި މަޝްރޫއު ހިމެނި އެވެ. ދައުލަތުގެ މިއަހަރުގެ ބަޖެޓުަގައި ތަފްސީލުތައް ހިމަނާފައި ނެތުމުން ކުޅުދުއްފުށީ އެއާޕޯޓުގެ ޓާމިނަލް މިއަހަރަށް ބެޖެޓުކޮށްފައި އޮތްކަން ކަށަވަރެއް ނުވެ އެވެ.
ނަމަވެސް އަދަދު ނޫހަށް ފެނިފައިވާ ބައެއް ލިޔުންތަކުގައި މިއަހަރުގެ ބަޖެޓުގައި އެ މަޝްރޫއުއަށް 5.7 މިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ.
އެ މަޝްރޫއު ފެށުން ލަސްވެގެން ދިޔަ ސަބަބެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
ކުޅުދުއްފުށީ އެއާޕޯޓު ޓާމިނަލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު އާއި ސަރުކާރުގެ ވެރިން ބައިވެރިވެވަޑައިގެންނެވި. -- ފޮޓޯ: ރައީސް އޮފީސް
އެއާޕޯޓް ޓާމިނަލް ތަރައްގީކުރުމުގެ މަޝްރޫއުގެ ބިންގާ އެޅުމަށް އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި މުއިއްޒު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އުވާލައި، އެ ކުންފުނީގެ ދަށުން ހިންގަމުންދިޔަ އެއާޕޯޓުތައް އެމްއޭސީއެލްއަށް ބަދަލުކޮށްފައި އޮތުމުން، ކުޅުދުއްފުށީ އެއާޕޯޓުގެ ޓާމިނަލް މަސައްކަތް ކުރިއަށް ގެންދަނީ އެ ކުންފުނިންނެވެ.
ރައީސް މުއިއްޒުގެ ވެރިކަމަށް ދެ އަހަރު ފުރެން ގާތްވެފައި ވަނިކޮށް ކުޅުދުއްފުށީ އެއާޕޯޓުގެ ޓާމިނަލްގެ ބިންގާ އެޅި ނަމަވެސް އެ މަޝްރޫއުގެ މަސައްކަތް ނިންމަން ކަނޑައާފައިވާ ދުވަހެއް، އަދި ހަރަދެއް ހާމައެއް ނުކުރެ އެވެ.
މި މަޝްރޫއުގައި 11،345 އަކަފޫޓުގެ ޕެސެންޖާ ޓާމިނަލަކާއި މި ވަގުތު ބޭނުންކުރެވެމުންދާ ޕެސެންޖާ ޓާމިނަލްއަށް ބަދަލުތައް ގެނައުން ވެސް ހިމެނޭ ކަމަށް ކުރިން ހާމަކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ