ވިލުފުށީ ފަޅުތެރޭގައި އޮތް ތެޔޮ އުފުލާ ދެ ދޯންޏެއްގައި ރޯވެއްޖެ
ތ. ވިލުފުށީ ބަނދަރުގައި އޮތް ތެޔޮ އުފުލާ ދެ ދޯންޏެއްގައި މިއަދު އަލިފާން ރޯވެ، ދެ މީހަކު ފިހިއްޖެ އެވެ.އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ވިލިފުށީ ފަޅުތެރޭގައި އޮތް ތެޔޮ ބޯޓެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ފަޔާ ކޮމްޕޯނަންޓްގެ ސިފައިން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެ ހާދިސާގެ މަޢުލޫމާތު ލިބިފައިވަނީ 09:41ގަައި ކަމަށް އެ މުއައްސަސާއިން ބުންޏެވެ.އެމްއެންޑީއެފުން ރޯވެފައިވާ ދޯންޏެއްގެ ފޮޓޯ ހިއްސާކޮށްފައިވާއިރު، އެ ދޯނި ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެފައިވާ މަންޒަރު ފެނެ އެވެ.އެ ހާދިސާގައި ދޯނީގެ ވެރިފަރާތާއި ދޯނީގައި މަސައްކަތްކުރާ ބިދޭސީއަކު ފިހެގެން ރަށު ހެލްތު ސެންޓަރުގައި އަންނަނީ ފަރުވާ ދެމުންނެވެ."ޕެޓްރޯލް ފުލްކޮށް ހުއްޓާ ޕަމްޕު ޖެއްސީމަ ރޯވީ ކަމަށް އަޑުއިވުނީ،" އެ މެމްބަރު ވިދާޅުވި އެވެ.އެނގިފައިވާ ގޮތުގައި، އެ މީހާގެ ތެޔޮ ދޯންޏެއްގައި މީގެ ދެ އަހަރު ކުރިން ވެސް ރޯވެ ގެއްލުން ލިބުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ