އިނގިރޭސިވިލާތް އީޔޫއިން ވަކިވުމަށް ރައްޔިތުން ނިންމައިފި

އިނގިރޭސިވިލާތް، ވިލާތު އިއްތިހާދު (އީޔޫ)ގެ މެންބަރުކަމުން ވަކިވުމަށް އެޤައުމުގެ ރައްޔިތުން ނިންމައިފިއެވެ.
އިއްޔެ އެޤައުމުގައި ނެގި ފެންނަ ނުފެންނަ މި ވޯޓުގެ އެންމެ 96 އިންސައްތަ ވޯޓްގެ ނަތީޖާ މިހާތަނަށް ލިބިފައި ވާއިރު 51.8 އިންސައްތަ މީހުން ބުނެފައި ވަނީ ބޭނުންވަނީ އީޔޫ އިން ވަކިވާން ކަމަށެވެ. އީޔޫ އިން ވަކިވާން ބޭނުން ނުވާކަމަށް ބުނެފައި ވަނީ 48.2 އިންސައްތަ މީހުންނެވެ. އީޔޫ އިން ވަކިވާން ބޭނުންވާ މީހުންގެ އަދަދު ވަކިނުވާން ބޭނުންވާ މީހުންގެ އަދަދަށް ވުރެ 1.1 މިލިއަން ގިނައެވެ. އެހެންކަމުން ދެން ވޯޓުގެ ނަތީޖާ އަށް ބަދަލެއް ނާންނާނެ ކަން މިހާރު ވަނީ ކަށަވަރު ވެފައެވެ.
ރިޕޯޓްތައް ބުނާގޮތުގައި މި ވޯޓުގައި ލަންޑަނާއި ސްކޮޓްލޭންޑުން އީޔޫ އިން ވަކިވާން ނުފެންނަ ކަމަށް ގިނަ ބަޔަކު ވޯޓް ދިން އިރު ނޯތް އިންގްލޭންޑުގެ ގިނަ ރައްޔިތުން ބޭނުންވީ އީޔޫ އިން ވަކިވާށެވެ.
ހިޔާލު ހޯދުމުގެ މި ވޯޓުން މިހާތަނަށް 200 ސަރަހައްދެއްގެ ވޯޓު ފޮށިތައް ގުނާފައިވާއިރު 7.8 މީހުން ވަނީ އީޔޫއިން ވަކިވާން ބޭނުންވާކަމަށް ވޯޓު ދީފައެވެ. އީޔޫ އިން ވަކިވާން ބޭނުން ނުވާކަމަށް މިހާތަނަށް ވޯޓު ދީފައިވަނީ 7.3 މިލިއަން މީހުންނެވެ.
ވޯޓުގެ ނަތީޖާ އާއި ގުޅިގެން އެޤައުމުގައި ގިނަ ބަޔަކު އުފާފާޅުކުރުމަށް މަގުތަކަށް ނިކުމެފައިވާއިރު އެފަރާތްތަކުން ވަނީ މިއަދަކީ އެޤައުމަށް އައި މިނިވަން ދުވަހެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި މިއީ އެޤައުމުގެ އިޤްތިސާދީ އޮނިގަޑަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ނިންމުމެއް ކަމަށް އެފަރާތްތަކުން ދެކެއެވެ.
ވޯޓްގެ ނަތީޖާއިން އީޔޫގެ މެމްބަރުކަމުން އިނގިރޭސިވިލާތް ވަކިވުމަށް ފާސްވެއްޖެ ނަމަ އެޤައުމުގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން އެމަނިކުފާނުގެ މަޤާމާއިމެދު ވަރަށް ފުންކޮށް ވިސްނާވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށް މީގެ ކުރިން އިދިކޮޅު ފަރާތްތަކުން ބުނެފައިވެއެވެ.
މިއީ އީޔޫއިން ވަކިވުމަށް އިނގިރޭސިވިލާތުގައި ބޭއްވުނު ތިންވަނަ ވޯޓުލުމެވެ.
އީޔޫގެ 60 އަހަރުވީ ތާރީހުގައި މިއަދު އިނގިރޭސިން ނިންމާ މިނިންމުން ހާއްސަވެގެންދާއިރު، އިނގިރޭސިވިލާތުން އީޔޫގެ މެންބަރުކަމުން ވަކިވުމަކީ އެ އިއްތިހާދަށް ލިބިގެންދާނޭ ނިކަމެތިކަމެއްކަމަށް ބައެއް ފަރާތްތަކުން ދެކޭއިރު، އެ އިއްތިހާދުން ވަކިވުމަކީ އިނގިރޭސީންނަށް އެންމެ ފައިދާހުރި ގޮތްކަމަށްވެސް ގިނަ ބަޔަކު ދެކެއެވެ.
އީޔޫ އިން ވަކިވުމަށް އިނގިރޭސީން ނިންމުމާއި އެކު ޔޫރޯ އާއި ޕައުންޑުގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ. މިކަމުގެ އަސަރު ވިލާތުގެ ގައުމުތަކާއި މުޅި ދުނިޔޭގެ އިޤުތިޞާދަށް ވެސް ކުރުން އެކަށީގެންވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ