އަންނަ އަހަރު ނިމެންވާއިރަށް ރާއްޖޭގެ 50 ސަރަހައްދެއްގައި އޮޓޮމެޓިކް ވެދަރ ސްޓޭޝަން ޤާއިމުކުމަކީ ސަރުކާރުގެ އަމާޒު ކަމަށް އެންވަޔަރަމެންޓް މިނިސްޓަރ ތާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ތާރިޤް އާއި ހަވާލާދީ ޕީއެސްއެމް ގައި ބުނެފައިވަނީ 2017 ވަނަ އަހަރު ނިމެންވާއިރަށް ރާއްޖޭގެ 50 ސަރަޙައްދެއްގައި އޮޓޮމެޓިކް ވެދަރ ސްޓޭޝަން ޤާއިމުކުރެއްވުމަކީ ސަރުކާރުގެ ޢަމާޒެއްކަމަށާއި، މިކަމަށް ބޭނުންވާ ބަޖެޓް އަދި ފަންނީ އެހީ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. މިއާއެކު މި 50 ސަރަހައްދުން އަބަދުވެސް ރާއްޖޭގެ މޫސުމާބެހޭ ކަންތައްތައް ވަގުތުން އެނގޭނެ ކަމަށާއި، ކޮންމެ ބޭފުޅަކަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާގެ ވެބް ޕޭޖަކަށް ވަދެވަޑައިގެން ރާއްޖޭގެ ވަކި ވަކި ސަރަޙައްދުތަކުގެ މޫސުން ކުރިއަށް ލަފާކުރާގޮތް ބަލާލެވޭނެ ކަމަށް މިނިސްޓަރ އާއި ހަވާލާދީ ޕީއެސްއެމް އިން ބުނެފައިވެއެވެ.
އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި 2007 ވަނަ އަހަރު ޤާއިމުކޮށްފައިވާ ޑޮޕްލަރ ރާޑަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، އެ ރާޑަރ އޮޕަރޭޝަނަށް ގެނެއުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެންވަޔަރަމެންޓް މިނިސްޓްރީން ކުރަމުން އަންނައިރު، މިހާރު ކުރިއަށް ދަނީ އެއަށް ބޭނުންވާ ކަރަންޓް ފޯރުކޮށްދިނުމަށް ބޭނުންވާ އެމަރޖެންސީ ޖެނެރޭޓަރ ހަރުކުރުމުގެ މަސައްކަތްކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.
ޑޮޕްލަރ ރާޑާރ އަކީ މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު މަތިންދާބޯޓުތަކަށް ފޯރުކޮށްދިނުމަށް ބޭނުންކުރާ ވަސީލަތެކެވެ. މަތިންދާބޯޓު ޖައްސާއިރު އަބަދުވެސް ކުރިއަށްއޮތް ދެތިން ގަޑިއިރު މޫސުން ކުރިއަށް ލަފާކުރާގޮތް އޭގެ އެހީގައި ދެނެގަނެވެއެވެ.
އެންވަޔަރަމެންޓް މިނިސްޓްރީ އިން އަންނަނީ މީޓިއޮރޮލޮޖީގެ ދާއިރާއިން މީހުން ތަމްރީނުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.
މޫސުން ބަލާނެ އިތުރު 50 ސްޓޭޝަން ރާއްޖޭގައި ގާއިމް ކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ