ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅުއްވާފައިވާ އަބުރާއި ބެހުމުގެ ބިލް މިހާރު އޮތްގޮތައް ފާސްކުރަން ސަރުކާރުން ގަސްދު ނުކުރައްވާ ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ދިޓީވީގެ ޚަބަރު ތެރެއިން ޕްރޮގްރާމްގައި މިރޭ ވާހަކަދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ތިން ވަޒީރުންގެ ކޮމެޓީއަކުން ދަނީ އެބިލް ދިރާސާ ކުރަމުން ކަމަށާއި އަދި އެބިލް އަލުން ޑްރާފްޓް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
އަބުރާއި ބެހުމުން ކުރާ ޖޫރިމަނާ ބޮޑުކޮށް ޖޫރިމަނާ ނުދައްކައިފިނަމަ ޖަލަށް ލެވޭ ގޮތައް ޤާނޫނު ޑްރާފްޓް ކޮށްފައި ވާތީ ގިނަ އަދަދެއްގެ ނޫސްވެރިން ދަނީ އެކަމާއި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ނަމަވެސް ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވި ވެރިކަން ކުރާ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ވަނީ ބިލް އަނބުރާ ގެންދިއުމުގެ ވިސްނުމެއް ނެތް ކަމަށް ވިދާޅުވެފައެވެ.
އަބުރާއި ބެހުމުގެ ބިލް މިހާރު އޮތްގޮތައް ފާހެއް ނުކުރާނަން – އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ