ޗެމްޕިއަންސް ލީގު: މޫސުން ގޯސްވުމުގެ ސަބަބުން ސިޓީގެ މެޗު ފަސްކޮށްފި

މޫސުން ގޯސްވުމުގެ ސަބަބުން، ޗެމްޕިއަންސް ލީގުގައި މިރޭ މެންޗެސްޓަރ ސިޓީ އާއި ޖަރުމަނުގެ ބޮރޫޝިއާ މޮންގްލަޑްބެކް ބައްދަލުކުރަން ހަމަޖެހިފައި އޮތް މެޗު ފަސްކޮށްފިއެވެ.
މިފަދަ ހާލަތެއް ދިމާވެއްޖެނަމަ، ޔޫއެފާގެ ގަވާއިދު ބުނާގޮތުން ފަސްކުރި މެޗު ޖެހިގެން އަންނަ ދުވަހު ނުވަތަ ޔޫއެފާއިން ކަނޑައަޅާ ތާރީހެއްގައި ކުޅެންވާނެއެވެ.
އަދި މެޗު ފަސްކުރިކަން އިއުލާންކުރާތާ ދެ ގަޑިއިރުގެ ތެރޭގައި، ދެން މެޗު ކުޅޭނެ ދުވަހަކާ މެދު ގޮތެއް ނިންމަންވާނެ ކަމަށްވެސް، ޔޫއެފާގެ ގަވާއިދުގައި ބުނެފައިވެއެވެ.
މިއީ މޫސުން ގޯސްވުމުގެ ސަބަބުން ފަސްކުރަން ޖެހުނު ޗެމްޕިއަންސް ލީގުގެ ހަތަރުވަނަ މެޗެވެ. މޫސުން ގޯސްވުމުގެ ސަބަބުން، އެންމެފަހުން ފަސްކޮށްފައިވަނީ 2013 ވަނަ އަހަރު، ތުރުކީގެ ގަލަތަސަރާއީ އާއި އިޓަލީގެ ޔުވެންޓަސް ބައްދަލުކުރަން ހަމަޖެހިފައި އޮތް މެޗެވެ.
ސިޓީ އާއި ބޮރޫޝިއާ މޮންގްލަޑްބެކް ލައްވާލާފައިވަނީ، ގްރޫޕް ސީގައެވެ. މި ގްރޫޕްގައި ދެން ހިމެނެނީ ބާސެލޯނާ އާއި ސެލްޓިކްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ