ކޮްރިމިނަލް ކޯޓް ހިންގެވުން އެކޯޓްގެ ގާޒީ އަބުދުލް ބާރީ ޔޫސުފްއާ މިއަދު ހަވާލުކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ކޯޓު ހިންގުން ގާޒީ ބާރީއާ ހަވާލުކުރީ އިސްގާޒީ އަބްދުﷲ މުހައްމަދު ޗުއްޓީ އަކަށް ވަޑައިގަތުމުން ކަމަށެވެ.
ވަގުތަށް މައުލޫމާތު ލިބިފައިވާގޮތުގައި އަބްދުﷲ ގާޒީ ޗުއްޓީ ނެންގެވީ މިއަދުން ފެށިގެންނެވެ.
މިހާރު ކޯޓު ހިންގުމާ ހަވާލުވެ ހުންނެވި ގާޒީ ބާރީ އަކީ ހައި ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލައްވާފައިވާ ތިން ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ކްރިމިނަލް ކޯޓު ހިންގެވުން ގާޒީ ބާރީ އާއި ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ