ރާއްޖެ އަށް މިހާރު ވަޑައިގެން އުޅުއްވާ އދ. ގެ ސިޔާސީ ކަންތައްތަކާބެހޭ އިދާރާގެ ވަފުދާ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް މިއަދު ބައްދަލުކުރައްވައިފި އެވެ.
މިއަދު މެންދުރު ރައީސް މައުމޫންގެ އޮފީހުގައި އޮތް ބައްދަލުކުރެއްވުމާއި ބެހޭގޮތުން މައުމޫންގެ އޮފީހުން ބުނީ އެ ވަފްދުގެ ލީޑަރު މރ. ހިޓޯކީ ޑެން އާއި އޭނާގެ ވަފްދުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނާ ރައީސް މައުމޫން މިއަދު މެންދުރު ރައީސް މައުމޫންގެ އޮފީހުގައި ބައްދަލު ކުރައްވާފައިވާ ރާއްޖޭގެ ރިޔާސީ އިންތިހާބުގެ ކަންތައްތައް ވަމުންދާ ގޮތާއި މިހާރުގެ ސިޔާސީ މަސްރަހުގައި ކަންތައްތައް ހިނގަމުންދާގޮތާ ބެހޭ ގޮތުން މަޝްވަރާކުރެއްވި ކަމަށެވެ.
އަދި ރާއްޖޭގެ ރައީސްއަކު ހޮވުމަށް ބާއްވާ އިންތިޚާބަކީ ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާ ގައިޑްލައިނާ އެއްގޮތަށް ބޭއްވޭ ދެފުށް ފެންނަ، މިނިވަން، ހަމަހަމަ، ޞުލްޙަވެރި އިންތިޚާބަކަށް ވުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ރައީސް މައުމޫން މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ކަމަށެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވި މަލްޓި ޕާޓީ އިލެކްޝަންގައި ރައީސް މައުމޫން ގެންގުޅުއްވި ހަރުދަނާ ސިޔާސަތަށްޓަކައި އދ. ސެކްރެޓަރީ ޖެނެރަލް ރައީސް މައުމޫނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމުގައިވެސް އދ. ގެ ވަފްދުގެ ލީޑަރު މިއަދު ފާހަގަ ކުރެއްވި ކަމަށް ރައީސް މައުމޫންގެ އޮފީހުން ބުނެ އެވެ.
އދ. ގެ ސިޔާސީ ކަންކަމާއިބެހޭ އިދާރާގެ ވަފުދާ މައުމޫން ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ