ރައީސް މައުމޫން އިންޑިއާގެ ބޮޑުވަޒީރާ ބައްދަލު ކުރައްވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިންޑިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ބޮޑުވަޒީރު މަންމޯހަން ސިންގްއާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
މިބައްދަލުކުރެއްވުމުގައި ކުރެވުނު މަޝްވަރާތަކުގެ މައުލޫމާތު އަދި ޕިޕީއެމްގެ ފަރާތުން ދީފައެއްނުވެ އެވެ.
ނަމަވެސް ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އިންޑިއާއާއި ރާއްޖެއަކީ ސުލްހަ އަށާއި ތަރައްގީ އަށް މަސައްކަތް ކުރާ ބައެއް ކަމަށެވެ. އަދި އިންޑިއާ ސަރުކާރުން އެ މަނިކުފާނަށް ވިދާޅުވި ހޫނު މަރުހަބާ އަށާއި ވެދެއްވަމުން ގެންދަވާ މެހުމާންދާރީ އަށް ޝުކުރު އަދާކުރައްވާ ފައިވެ އެވެ.
ރައީސް މައުމޫން އިންޑިއާ އަށް ވަޑައިގެންނެވީ ރޭގެ ވަގުތެއްގަ އެވެ. މިދަތުރުފުޅުގައި ޕާޓީގެ ނައިބު ރައީސް އަލްފާޞިލް އަބްދުލްރަހީމް ޢަބްދުﷲ އާއި ކައުންސިލްގެ ދެ މެމްބަރުން ކަމަށްވާ އަލްފާޞިލާ އަނީސާ އަހްމަދު އަދި އަލްފާޞިލް ފާރިސް މައުމޫން ބައިވެރިވެވަޑައިގަންނަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ