ސުޕްރީމް ކޯޓަށް އިތުރު ކުރާ 2 ފަނޑިޔާރުންނަށް 7.9 މިލިޔަން ރުފިޔާ ބަޖެޓަށް އިތުރު ކުރަންޖެހޭ

ސުޕްރީމް ކޯޓުގެ ބެންޗް ފަސް ފަނޑިޔާރުން، ހަތް ފަނޑިޔާރުންނަށް ބަދަލު ކޮށް އިތުރު ކުރާ 2 ފަނޑީޔާރުންނަށް ބޭނުންވާ ނުސާރަ އާއި އިނާޔަތްތަކަށް އަހަރަކު 7.9 މިލިޔަން ރުފިޔާ ދައުލަތުގެ ބަޖެޓަށް އިތުރުކުރަންޖެހޭނެ ކަމަށް އެ އިސްލާހު ދިރާސަކުރި ކޮމިޓީއަށް ފިނޭންސް މިނިސްޓްރީން މައުލޫމާތު ދީފިއެވެ.
ސުޕްރީމް ކޯޓުގެ ބެންޗް ފަހަކުން ހަތަކަށް ބަދަލު ކުރުމަށް ކޯޓު ތަކުގެ ގާނޫނަށް، މެދު ހެންވޭރުދާއިރާގެ މެންބަރު އަލީ އާޒިމް ހުށަހެޅުއްވި އިސްލާހު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ރައްޔިތުންގެ މަޖިިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓަށް މައަދު ކުރިއަށްދިޔަ ބަހުސްގައި، ޖުޑިޝަރީ ކޮމިޓީގައިވެސް ހިމެނިވަޑައިގަންނަަވާ ހެންވޭރު ހުނޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ އެ އިސްލާހު ދިރާސާކުރިއިރު މާލީ ގޮތުން ބަޖެޓަށް އަންނާނެ ބުރެއަކީ ކޮބައިތޯ ބަލާފައިވާ ކަމަށެވެ.
އެގޮތުން އެކަމާބެހޭ ތަފްސީލްތަކަށް ފިނޭންސް މިނިސްޓްރީގައި އެދުމުން، ފިނޭންސް މިިނިސްޓްރީން ދިން މައުލޫމާތުތަކުގެ ތެރޭގައި، އެ ދެ ފަނޑިޔާރުންނަށް އަހަރަކު 7.9 މިލިޔަން ރުފިޔާ ބަޖެޓަށް އިރުރު ކުރަންޖެހޭ ކަމަށް ފިނޭންސް މިނިސްޓްރީން މައުލުޟާތު ދީފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނީޔާރުންނަކީ، ގަދަރާއި ޝަރަފާއި އިއްޒަތް ހިމާޔަތް ކުރެވިފައިވާ ބަޔަކަށް ވާންޖެހޭ ކަމަށެވެ. އަދި އެއީ ރަނގަޅު އިނާޔަތެއް ބަޔަކަށް ވާންޖެހެއެވެ.
ނަމަވެސް ހަސަން ލަތީފު ވިދާޅުވީ، ދެ ފަނޑީޔާރުންނަށް އިތުރ ކުރަންޖެހޭ ފައިސާއާބެހޭގޮތުން ފިނޭންސް މިނިސްޓްރީން ފޮނުވި ރިޕޯޓްގައި އެއަށްވުރެ ހަރަދު ކުރެވިދާނެ ގޮތްތައް ހިމެނޭކަމަށް ކޮމިޓީނިް ބެލި ބެލުންތަކުން އެނގޭ ކަމަށެވެ. ނަމަވެސް އެއީ ސުޕްރީމް ކޯޓުގެ ފަނީޑޔާރުންނަށް މިހާރު ިބޭ މުސާރައާއި އިނާޔަތްތައް ކުޑަކުރުން ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މެންބަރުގެ ވާހަކާގައި އެ ރިޕޯޓްގައި ފަނީޑޔާރުންގެ މުސާރައާބެހޭ އިތުރު ތަފްސީލްތަކެއް ވިދާޅެއް ނުވެއެވެ.
ސުޕްރީމްކޯޓުގެ ބެންޗު ހަތް ފަނޑިޔާރުންނަށް އިތުރ ކުރަން އިސްލާހު ހުށަހަޅާފައިވާއިރު، ގާނޫނުއަސާސީ އިސްލާހުކޮށް، މިހާރު އަމަލު ކުރަމުންދާ ފެހި ގާނޫނުއަސާސީއަށް 2008 ވަނަ އަހަރު އަމަލު ކުރަން ފެށީރު، އަމަލު ކުރަމުންދިޔަ ގާނޫނުގައިވާގޮތުން، އެކުލަވައިލި ދާއިމީ ސުޕްރީމް ކޯޓުގައި އޭރު ތިއްބެވީވެސް ހަތް ފަނޑިޔާރުންނެވެ.
ނަމަވެސް 2014 ވަނަ އަހަރު ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ވެރިކަމުގައި، ގާނޫނަށް ގެނައި އިސްލާހަކާއެކު ސުޕްރީމް ކޯޓުގެ ތިއްބެވި ހަތް ފަނޑީޔާރުންގެ އަދަދު ވަނީ ފަހަކަށް ބަދަލުކޮށްފައެވެ.
ސުޕްރީމް ކޯޓުގެ ހަތް ފަނޑީޔާރުންގެ ބެންޗް ފަސް ފަނޑިޔާރަށް ކުޑަ ކުރުމުގެ ގޮތުން ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިނާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވަކިިކުރިއެވެ. އޭގެ ފަހުނުް ސުޕްރީމް ކޯޓުގައި ތިއްބަވަނީ ފަސް ފަނޑިޔާރުންނެވެ.
މި އިސްލާހަށް ކުރިއަށްދިޔަ ބަހުސްގައި ބައެއް މެންބަރުން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އައްޔަން ކުރަނީ އުމުރު ދުވަހަށް، (އުމުރުން70 އަހަރަށް) ކަމަށް ގާނޫނުއަސާސީަގއި ބުނެފައިވާއިރު، އޭރުގެ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ސުޕްރީމް ކޯޓުން ބޭރުކުރީ އެ ބޭފުޅުންނަށް ދިފާއުގައި ވާހަކަފުޅެއް ދެއްކޭނެ ފުރުސަތުވެސް ދެއްވުމެއް ނެތިކަމަށެވެ.
ގާނޫނަށް މި އިސްލާހު ހުށަހެޅި ސަބަބެއްގެ ގޮތުގައި ބިލުުގައި ބުނެފައިވަނީ، މިއީ ދާއިމީ ސުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަނިކޮށް 2014 ވަނަ އަހަރު ސިޔާސީ މަގްސަދެއްގައި ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސް، ދެ ފަނޑިޔާރު ވަކި ކޮށްފައިވާތީ ފަނޑިޔާރުންގެ އަދަދު ކުރިން އޮތްގޮތަށް ބަދަލު ކުރުމަށް ހުށަހެޅި އިސްލާހެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ