ލަންކާގައި ދިރިއުޅޭ ސައުދީ ރައްޔިތުން ލަންކާ ދޫކޮށް ދިއުމަށް ސައުދީ އެމްބަސީން އެދެފި

ސްރީލަންކާގައި ދިރިއުޅޭ ސައުދީ އަރަބިއްޔާގެ ރައްޔިތުން ލަންކާ ދޫކޮށް ދިއުމަށް ލަންކާގައި ހުންނަ ސައުދީ އެމްބަސީން އެދެފި އެވެ.
ލަންކާގައި ދިރިއުޅޭ ސައުދީ ރައްޔިތުންގެ ލަންކާ ދޫކޮށް ދިއުމަށް އެދިފައި މިވަނީ ލަންކާގައި ދިން ބޮމުގެ ހަމަލާއާއި ގުޅިގެން އެ ގައުމުގެ މަސްރަހު ގޯސްވެފައި ވާތީ އެވެ. މިކަމާ ގުޅިގެން ސައުދީ އެމްބަސީން އާންމު ކުރި ނޯޓިސްއެއްގައި ވަނީ ލަންކާގެ މިހާރުގެ ސަލާމަތީ ކަންކަން ހުރިގޮތުގެ ސަބަބުން ސައުދީ ރައްޔިތުން ލަންކާ ދޫކޮށް ދިއުމަށް އެދޭކަމަށެވެ.
މީގެ އިތުރުން، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން ކަމަށް ބުނެ ލަންކާގައި މޫނު ބުރުގާ އަޅައިގެން އުޅުން ނުވަތަ މޫނު ނިވާކޮށްގެން އުޅުން ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ.
މިމަހު 21ގައި ލަންކާގެ ޗާޗު ތަކަށާއި ބައެއް ހޮޓާތަކަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ލަންކާ ސަރުކާރުން ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ