ރާއްޖޭގެ ސިއްހީ ދާއިރާ އަށް މީހުން ތަމްރީނު ކުރުމާއި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް އޮސްޓްރޭލިއާގެ ގްރިފިތު ޔުނިވަސިޓީން އެހީވާން އެއްބަސްވެއްޖެ އެވެ.
އެކަމާ ގުޅޭ ގޮތުން ގްރިފިތު ޔުނިވަސިޓީ އާއި ހެލްތު މިނިސްޓްރީއާ ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) ގައި ސޮއިކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ.
އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގެ އިތުރުން ސިއްހީ ދިރާސާތައް ކުރުމާއި، ތައުލީމާއި ތަމްރީން ޕްރޮގްރާމުތައް ވެސް ގްރިފިތު ޔުނިވަސިޓީގެ ފަރާތުން ރާއްޖެއަށް ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފަ އެވެ.
ގްރިފިތް ޔުނިވަސިޓީއަކީ އޮސްޓްރޭލިއާގެ ކުރިއަރާފައިވާ ރިސަރޗް ސެންޓަރެކެވެ. އޮކްޓޫބަރ 2018 ގައި ގްރިފިތް ޔުނިވަރސިޓީން ވަނީ ޕެރަމެޑިކް ސްކިލް ޑެވެލޮޕްމެންޓް ޕްރޮގްރާމެއް ލާމު އަތޮޅުގައި ބާއްވާފައެވެ.
އެޕްރޮގްރާމްގައި ރާއްޖޭގެ ސިއްހީ ހިދުމަތް ދޭ ތަފާތު މަރުކަޒުތަކުން 25 މީހުން ތަމްރީން ކޮށްފައިވެއެވެ. އަދި އެ ޕްރޮގްރާމުގައި ބޭނުންކުރި އާލަތްތައް ވަނީ ދިވެހި ސަރުކާރަށް ހަދިޔާ ކޮށްފައެވެ.
ރާއްޖޭގައި އެކަށީގެންވާ ފެންވަރަށް އެމްބިއުލާންސް ހިދުމަތް ފުޅާކުރުމަށާއި، އިމަޖެންސީ ފަރުވާ ތަރައްގީކުރުމަށް މިސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކަށް ވެސް އެ ޔުނިވަސިޓީން އެހީވާން ވަނީ ނިންމާފަ އެވެ.
ސިއްހީ ދާއިރާގެ މީހުން ބިނާކުރުމަށް އޮސްޓްރޭލިއާ ޔުނިވަސިޓީއަކުން އެހީވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ