ވޯލްޑް ކަޕާ ގުޅުވައިގެން ޕީއެސްއެމުން ޒުވާނުންނަށް ޚާއްޞަ ފިއެސްޓާއެއް

މި ހަރަކާތާ ގުޅޭގޮތުން ޕީއެސްއެމްގެ އެގްޒެކެޓިވް ޑިރެކްޓަރ، ކްރިއޭޓިވް އެންޑް ޕްރޮޑަކްޝަން މުޙައްމަދު ނިޔާޒް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މިއީ ވޯލްޑް ކަޕްގެ ފޯރި އާންމުންނަށް ތަފާތު ގޮތަކަށް ތަޖުރިބާކޮށްލުމުގެ ފުރުޞަތު ދިނުމަށް ރާވާފައިވާ ހަރަކާތެއް ކަމަށެވެ. "ވީއާ ޓުވެންޓީ ސިކްސް ފިއެސްޓާ" ގެ ނަމުގައި ކުރިއަށްގެންދާ މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 19 ވާ ހުކުރު ދުވަހުގެ ރޭގަނޑު ޓީވީއެމްގެ ގޯތިތެރޭގައެވެ. މުބާރާތް ކުރިއަށްދާ މުއްދަތުގައި ކޮންމެ ހަފްތާއެއްގެ ބުރާސްފަތި އަދި ހުކުރު ދުވަހުގެ ރޭ މި ފިއެސްޓާ އޮންނާނެއެވެ.
ނިޔާޒް އިތުރަށް ވިދާޅުވީ، މި ހަރަކާތުގައި ވީހާވެސް ގިނަ ޒުވާނުން ބައިވެރިވުމަކީ އެ ކުންފުނީގެ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ. މި ފިއެސްޓާގައި ކަރޯކޭ އާއި، ކާބޯތަކެތީގެ ސްޓޯލްތަކުގެ އިތުރުން ޒުވާނުންނާ ގުޅޭ މަޖާ ކުޅިވަރުތައް ހިމެނޭނެއެވެ. ހިލޭ ވަދެވޭ ގޮތަށް އިންތިޒާމްކޮށްފައިވާ މި ހަރަކާތް ކުރިއަށްދާނީ ރޭގަނޑު 08:30 އިން 11:30 އަށެވެ. އަދި ފިއެސްޓާއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ މީހުންނަށް ޚާއްޞަ އިނާމުތަކެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ