އިސްލާމް ދީނުގައި އޮންނަ މަރަށް މަރުހިފުމުގެ ޝަރުއީ ހުކުމް ރާއްޖޭގައި ތަންފީޒު ކުރަން ޖެހޭ ކަމަށް އުމަރު ނަސީރު ވިދާޅުވުމުން، ކުރީގެ އެމްޑީޕީގެ ޗެއާ ޕާސަން އިބްރާހީމް (އިބްރާ) އިސްމާއިލް ރުޅި ގަދަވެ، ރައްދު ދީފިއެވެ.
އިބްރާ ފާހަގަކުރެވިފައި ވަނީ މީގެ ކުރިންވެސް ފާޅުގައި އިސްލާމް ދީނަށް ހަޖޫ ޖަހާ މީހެއްގެ ގޮތުގައި، ހާއްސަކޮށް ޓްވިޓާގައި އިބްރާ ފާހަގަކޮށްލެވެނީ ފާޅުގައި ދީނީ އިލްމުވެރިންނަށް ޖޯކު ޖަހާ، ދީނުގެ ހުކުމް ތަކަށް ޖޯކު ޖަހާ މީހެއްގެ ގޮތުގައެވެ. އަދި އާންމުކޮށް އިސްލާމީ ޝަރީއަތަށް އިބްރާ ގޮން ޖަހާތަންވެސް ޓްވީޓްތަކުން ފެނިފައިވެއެވެ.
ދާދިފަހުން ރާއްޖޭގެ ރަށަކުން ވަޅުލާފައި ހުރި 150 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގަނެފައިވާ އިރު، އެފަދަ މައްސަލަތައް ހައްލު ކުރެވެން އޮތީ، އެތެރެ ކުރާ މީހުންގެ މުދާ އަތުލާ، މަރުގެ އަދަބު ތަންފީޒު ކޮށްގެން ކަމަށް އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ. އަދި އުމަރު އަބަދުވެސް ވިދާޅުވަމުން ގެންދަވަނީ ރާއްޖޭގެ އެންމެ ބޮޑަތި ކުށްތައް ހައްލު ކުރެވޭނީ ދީނީ ގޮތުން އޮންނަ ޝަރުއީ އަދަބުތައް، އޭގެ ތެރޭގައި މަރަށް މަރުވެސް ހިފައިގެން ކަމަށެވެ.
އުމަރުގެ އެވާހަކަތަކަށް ރަށްދު ދެއްވަމުން އިބްރާ ބުނީ، މި ރާއްޖޭގައި މީހުން މަރަން ފޫގަޅާފައި ތިބި ބަޔަކު ނެތް ކަމަށާއި، އެވާހަކަތައް އުމަރު ހުއްޓާލަން ވެއްޖެ ކަމަށެވެ. އަދި އިބްރާ ވަނީ ސައުދި އަރަބިޔާގެ ޝަރީއަތަށްވެސް ގޮން ޖަހާފައެވެ. އެގޮތުން އިބްރާ ބުނެފައި ވަނީ އުމަރުވެސް ސައުދީއަށް ހިޖުރަން ކުރަންވީ ކަމަށާއި، ސައުދީއަކީ ބަލާލެވޭ ގޮތަކުންވެސް ގަތުރު ކުރާ ގައުމެއް ކަމަށެވެ.
އިބްރާ މިފަދަ ގޮތަކަށް ސައުދީގެ ޝަރުއީ ނިޒާމަށް ގޮން ޖައްސަވާފައިވާ އިރު، އެ ޓްވީޓްގެ ރިޕްލައިތަކުގައި ގިނަ ބަޔަކު ވަނީ އިބްރާއަށް ހޫނު ރައްދުތަކެއް ދީފައެވެ. އެގޮތުން ގިނަ ބަޔަކު ބުނެފައި ވަނީ އެމެރިކާ، އިންޑިއާ އަދި އިންޑޮނޭޝިއާގެ އިތުރުން ސިންގަޕޫރު ފަދަ ގައުމުތަކުގައިވެސް މަރުގެ އަދަބު ދޭ ކަމަށެވެ. އިބްރާ އެވާހަކަ އެފަދަ މޭރުމަކުން ދައްކަމުން ދަނީ ދިވެހިންނަށް އޮޅުވާލަން ކަމަށްވެސް ގިނަ ބަޔަކު ބުނެފައިވެއެވެ.
މަރަށް މަރު ހިފަން ޖެހޭ ކަމަށް އުމަރު ވިދާޅުވުމުން، އިބްރާ ރުޅި ގަދަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ