ސުޕްރީމް ކޯޓުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ އިހްތިސޯސްގެ ތެރެއަށް ވަދެފައި ނުވާ ކަމަށް އެ ކޯޓުގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.
ޑީޖޭއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ ރިޝްވަތުގެ ތުހުމަތު ކުރެވިފައިވާ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލާގައި ޖޭއެއްސީގެ އިހްތިސޯސްގެ ތެރެއަށް އެންމެ މަތީ ކޯޓުން ވަދެފައި ނުވާ ކަމަށެވެ.
ފަނޑިޔާރު ދީދީ ހުށަހެޅުއްވި މައްސަލައާ ގުޅިގެން ގާނޫނީ އަދި ދުސްތޫރީ މަސައްކަތް ކުރުމަކީ އެ ކޯޓުގެ ޒިންމާއެއް ވެސް ކަމަށް ޑީޖޭއޭ އިން ބުންޏެވެ.
"ގާނޫނު އަސާސީގެ ދަށުން އުފެދިފައިވާ ބާރަކުން އެއްބާރުން އަނެއް ބާރަށް އިހުތިރާމް ނުކުރުމަކީ ހަމަ އެކަނި އިހުތިރާމް ނުކުރެވޭ ނުވަތަ އިހާނެތިކޮށް އަމަލު ކުރެވޭ ބާރަށް އެކަނި ލިބޭ ނިކަމެތި ކަމެއް ނޫން. އެހެން އަޅުގަނޑުމެންނަށް ހީވަންޏާ އެއީ ވަރަށް ބޮޑު އޮޅުމެއް. ދިވެހި ރާއްޖޭގައި ވިޔަސް، ދުނިޔޭގެ އެހެން ގައުމެއްގައި ވިޔަސް ދައުލަތުގެ ބާރަކުން އަނެއް ބާރަށް އިހާނެތިކޮށްފިއްޔާ ދެރަ ލިބެނީ އެ ދެބާރަށް ވެސް،" ޑީޖޭއޭ އިން ބުންޏެވެ.
"ސުޕްރީމް ކޯޓުން ޖޭއެސްސީގެ އިހްތިސޯސްގެ ތެރެއަށް ވަދެފައެއް ނުވޭ"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ