ރައްޔިތުން ވޯޓު ދެއްވަންވީ ގައުމީ ވިސްނުން ހުރި ސަރުކާރުގެ ކޯލިޝަނުގެ ކެންޑިޑޭޓުންނަށް ކަމަށް ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިހެން ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުން ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ އައިޝަތު ނާޒިމާގެ ކެމްޕެއިން ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ.
މަލީހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުން ވޯޓު ލައްވަންވީ ގައުމީ މަސްލަހަތު އިސްކުރާ ސަރުކާރު ކޯލިޝަނުގެ ކެންޑިޑޭޓުންނަށް ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނެއް ކުރިމަތިވަމުން، ބޯމަތިވަމުން އަންނަ އިރު އަޅުގަނޑު ދެކޭގޮތުގައި ރައްޔިތުން ވޯޓު ލައްވަންވީ މި ކޯލިޝަނުގެ ކެންޑިޑޭޓުންނަށް. އޭގެ ތެރޭގައި ތިއްބެވި ރަނގަޅު ކެންޑިޑޭޓުންނަށް، ގައުމީ މަސްލަހަތު އިސްކުރާ ކެންޑިޑޭޓުންނަށް، ގައުމީ ވަންތަ ގައުމީ ސިފަތައް ހުރި ކެންޑިޑޭޓުންނަށް، އިސްލާމްދީން ކުރިއަރުވާނެ ކެންޑިޑޭޓުންނަށް، އިގްތިޞާދީ ވިސްނުން ހުރި ކެންޑިޑޭޓުންނަށް، ތައުލީމީ ގާބިލް ކެންޑިޑޭޓުންނަށް، މަޖިލީހުގައި ހުށަހެޅޭ ބިލްތަކަށް ބަހުސް ކުރެވޭނެ ކެންޑިޑޭޓުންނަށް،" މިނިސްޓަރު ވިދާޅުވިއެވެ.
މަލީހު ވިދާޅުވީ ފާއިތުވެދިޔަ ތަނުގައި ފެނިގެންދިޔައީ ރައްޔިތުންގެ މަޖިލީހަކީ ރަބަރު ސްޓޭމްޕެއްގެ ގޮތުގައި ކަމަށާއި ސަރުކާރުން ފޮނުވާ ކޮންމެ ބިލެއް، އެއަށް ބަހުސް ކުރުމެއް ނެތި، އެއަށް ވިސްނުމެއް ނެތި އެ ފޮނުވާ ގޮތަކަށް ފާސްކުރާ މަންޒަރު ކަމަށެވެ.
ރައްޔިތުން ވޯޓު ދެއްވަންވީ ގައުމީ ވިސްނުން ހުރި ކޯލިޝަނުގެ ކެންޑިޑޭޓުންނަށް: މަލީހު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ