ކުންފުނިތަކާ ބެހޭ ކޮމިޓީން މެމްބަރު ޖާބިރު އިސްތިއުފާ ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގަވައިދާ ހިލާފަށް އަޑުގަދަކޮށް ހެދުމުން ތަޅުމުން ބޭރުކުރި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުންފުނިތަކާ ބެހޭ ކޮމިޓީން އިސްތިއުފާ ދެއްވައިފި އެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވީ އިސްތިއުފާ ދެއްވަން ނިންމީ އެއީ ރަނގަޅު މަސައްކަތެއް ނުކުރެވޭ އަދި މުހިއްމު ކޮމިޓީއަކަށް ނުވާތީ ކަމަށެވެ.
ޖާބިރު ވިދާޅުވީ ސަރުކަރުގެ 31 ކުންފުނިން މަސައްކަތެއް ނުކުރާ ކަމަށާއި، މަޖިލީހުގެ ކުންފުނިތަކާ ބެހޭ ކޮމިޓީން ކުޅެނީ ޑްރާމާ ކަމަށެވެ.
މިއަދު އޮތް އެ ކޮމިޓީގެ ބައްދަލުވުމުގައި ޖާބިރު ވަނީ މުގައްރިރު އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށް ވެސް ބަހުގެ ހަމަލާތަކެއް ދީފަ އެވެ.
ކޮމިޓީން އިސްތިއުފާ ދެއްވީ ކަމަށް ވިދާޅުވެ، ކޮމިޓީ ބައްދަލުވުމުން ނިކުމެވަޑައިގެންނެވީ އޭގެ ފަހުންނެވެ. މިއަދު ހެނދުނު މަޖިލިސް ތަޅުމުން ވެސް ޖާބިރު ބޭރު ކުރެއްވީ އަޑުގަދަ ކުރައްވާތީ އެވެ.
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ނިސްބަތްވި ނަމަވެސް، ޖާބިރަކީ އަމިއްލަ ގޮތުން އިންތިހާބުވި މެމްބަރެކެވެ. ޖާބިރު ވިދާޅުވަނީ އޭނާއަކީ މަޖިލީހުގައި ހުރި ހަމައެކަނި އިދިކޮޅު މެމްބަރު ކަމަށެވެ. BREAKING: MP Jabir adu gadha koh hedhumun Majileehuge thalhumun beyru koffi https://t.co/gHOdcpCeM5— CNM (@cnm_mv) July 10, 2019
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ