މިއަހަރުގެ މިއަދާ ހަމައަށް 1602 މައްސަލަ ކްރިމިނަލް ކޯޓުން ނިންމައިފި

މިދިޔަ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ކްރިމިނަލް ކޯޓުން 1602 މައްސަލަ ނިންމައިފި އެވެ.ކްރިމިނަލް ކޯޓަށް މައްސަލަ ބަލައިގަތުން މިއަދު މެދުކަނޑާލުމަށް ފަހު އެ ކޯޓުން ބުނީ މިއަދުގެ ނިޔަލަށް 1560 މައްސަލަ އެ ކޯޓަށް ހުށަހެޅި އިރު މިދިޔަ އަހަރުގެ ބާކީ ހުރި މައްސަލަތަކާއެކު ޖުމްލަ 1602 މައްސަލަ މިއަދުގެ ނިޔަލަށް އެ ކޯޓުން ނިންމާފައިވާ ކަމަށެވެ. އެ ކޯޓުން ބުނީ އެ ކޯޓަށް މައްސަލަ ބަލައިގަތުން މިއަދަށް ފަހު މެދުކަނޑާލީ ކޯޓުން ކުރިން ވެސް އަމަލުކުރަމުން އަންނަ އުސޫލެއްގެ ދަށުން ކަމަށެވެ. އަދި މައްސަލަ ބަލައިގަތުން ދެން ފަށާނީ އަންނަ ޖެނުއަރީ ފުރަތަމަ މަހުގެ ފުރަތަމަ ރަސްމީ ދުވަހުން ފެށިގެން ކަމަށް ވެސް ކްރިމިނަލް ކޯޓުން ބުންޏެވެ.ކްރިމިނަލް ކޯޓުން މައްސަލަތައް ބަލައިގަތުން މެދުކަނޑާލިއިރު މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް އެ ކޯޓު އޮންނާނީ ރިސެސްގަ އެވެ. އެ މުއްދަތުގައި ބާއްވާނީ ވަރަށް މަދު މައްސަލަތަކެއްގެ ޝަރީއަތްތައް ނަމަވެސް ކޯޓުގެ އިދާރީ މަސައްކަތްތައް އެ މުއްދަތުގައި ވެސް ކުރަމުންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ