މާލިއްޔަތު ކޮމިޓީން ބަލަން ފެށި، ކުންފުނިތަކުގެ މައްސަލަތަކުގެ ލިޔެކިޔުން ގެއްލިއްޖެ: ޝަހްމީދު
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ނާޒިމްގެ ބެލުމުގެ ދަށުން މާލިއްޔަތު ކޮމިޓީން ބަލަން ފެށި ސަރުކާރު ކުންފުނިތަކުގެ މައްސަލައިގެ ލިޔެކިޔުންތައް މެންބަރުންގެ ފައިލްތަކުންނާއި އެޖެންޑާއިން ވެސް ގެއްލިފައިވާ ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ. 'އަދަދު' ނޫހުގެ ޕްރޮގްރާމެއްގައި ޝަމްހީދު ވިދާޅުވީ މިހާރު މާލިއްޔަތު ކޮމިޓީއެއް ނެތް ކަމަށާއި އެ ކޮމިޓީން އަދާކުރަންޖެހޭ އެއްވެސް ޒިންމާއެއް މިއަދު އަދާނުކުރާ ކަމަށެވެ. އޭނާ ވަނީ، މާލިއްޔަތު ކޮމިޓީއެއްގެ އެންމެ ބޮޑު ޒިންމާއަކީ ގައުމުގެ ފިސްކަލް ސިޔާސަތުތައް ބަލައި، ގައުމު އޮތީ ދަރަނި ދެއްކޭނޭ ހާލަތެއްގައިތޯއާއި، ފައިސާ މެނޭޖުކުރަނީ ކިހިނެއްތޯއާއި ބަޖެޓުން ޚަރަދު ކުރަނީ ކިހިނެއްތޯ ބެލުންކަން ފާހަގަކުރައްވާފައެވެ. އަޅުގަނޑުމެން މިއަދު ރާއްޖޭގަ ކޮންމެ ދުވަހަކު މި ދެކެވެނީ ޑޮލަރުގެ ވާހަކަ. ކޮން ކޮމިޓީއަކަށްތޯ އެ ޒިންމާ އޮތީ. މާލިއްޔަތު ކޮމިޓީއަށް. އެއްވެސް އެޖެންޑާއެއް ކޮށްފިތޯ އެކަމާ ބެހޭގޮތުން. ނެތެއްނޫންތޯ. އަޅުގަނޑުމެން ކިތައް ދުވަހު އެމްއެމްއޭގެ ގަވަރުނަރު މަޖިލީހަށް ގެންނަން ހުށަހަޅައިފިން. ފިނޭންސް މިނިސްޓަރު އިސްތިއުފާ ދީފަ އެ ދިޔައީ މަޖިލީހަށް ނައިސް. ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު ޝަމްހީދު ވަނީ މިހާރު ވެސް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މަޖިލީހަށް ގެނައުމަށް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި އަމިއްލައަށް ބައްދަލުކުރުމަށް އެޕޮއިންޓްމެންޓަކަށް އެދިފައިވާނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. މާލިއްޔަތު ކޮމިޓީން މި މަހު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް ޝަމްހީދު ވިދާޅުވި ގޮތުގައި، ނާޒިމް އިސްވެ ހުންނަވައި، ސަރުކާރު ކުންފުނިތަކުގެ މައްސަލަތަކެއް ބައްލަވަން ފެއްޓެވި ފަހުން، ދެ ފަހަރަކަށް އެ މައްސަލަ އެޖެންޑާކޮށް ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން މަޖިލީހަށް ހާޒިރުކުރަން ނިންމިއެވެ. ނަމަވެސް އެހާ ހިސާބުން އެކަމާ ގުޅޭ ހުރިހާ ކަރުދާހެއް ގެއްލި އެ މައްސަލަ އެޖެންޑާއިން ވެސް ގެއްލިފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. ދިއްގަރު ދާއިރާގެ މެންބަރު އިސްވެހުރެ ފެށީ. އެ ހުރިހާ ޕްރޮކިއުމެންޓް ފައިލްތައް، އަޅުގަނޑުމެންގެ ފައިލް ތެރޭގައިހުރި ޕޭޕާތައް. އެއްފަހަރު ނޫނީ ދެފަހަރު އެޖެންޑާކޮށްފަ ބައެއް އެމްޑީއިން މަޖިލީހަށް ހާޒިރުކުރަންވެސް އަޅުގަނޑުމެން ނިންމާ، އެ ހިސާބުން ހުރިހާ ކަރުދާހެއް ވެސް ގެއްލިއްޖެ. ފައިލްތެރެއިން ވެސް ގެއްލިއްޖެ. އެޖެންޑާއިން ވެސް ގެއްލިއްޖެ. ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހްމަދު ޝަމްހީދު ޝަމްހީދު ވިދާޅުވީ އެފަދަ ހުރިހާ ކަމެއް ވެސް މިއަދު އާދައިގެ ކަމަކަށް ވެފައިވާ ކަމަށާއި މަޖިލީސް ތެރެއިން ވެސް ފެންނަނީ އެ މަންޒަރު ކަމަށެވެ. ނާޒިމްގެ ވާހަކަ ޝަމްހީދު ފާހަގަކުރެއްވިއިރު، ނާޒިމް މަޖިލީހުގެ ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވީ މިދިޔަ މެއި މަހުގެ 31ގައެވެ. އެއީ ވެރިކަން ކުރާ ޕީއެންސީގައި އޭނާއާ މެދު ވަރަށް ބޮޑަށް ނުތަނަވަސްކަން އުފެދި، ޕާޓީގެ ހުރިހާ މަޖިލީސް މެންބަރުންގެ ސޮޔާ އެކު އޭނާ ވަކިކުރަން ކުއްލިއަކަށް ހުށަހެޅި ފަހުންނެވެ. މަޖިލީހުގައި ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީން އެ ފިޔަވަޅު އެޅީ ކީއްވެ ކަމެއް ރަސްމީކޮށް ހާމައެއް ނުކުރެއެވެ. އޭގެ ފަހުން ނާޒިމް ވަނީ ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސްކަމުން ވެސް ވަކިކޮށްފައެވެ. https://sun.mv/222663 އޭނާ ވަކިކުރަން ހުށަހެޅުމުގެ ކުރިން، މަޖިލީހުގެ ބާރުގަދަ ކޮމިޓީތަކުން ވެސް ނާޒިމް ވަނީ ވަކިކޮށްފައެވެ. އެ ގޮތުން އޭނާ ހިމެނިވަޑައިގެންނެވި މާލިއްޔަތު ކޮމިޓީއާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީން ވެސް ވަނީ ވަކިކޮށްފައެވެ. އޭގެ ކުރިން ނާޒިމަކީ ކޮމިޓީތަކުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި މެންބަރެކެވެ. އެ ގޮތުން، މާލިއްޔަތު ކޮމިޓީގެ ގިނަ މަސައްކަތްތަކެއްގައި އިސްކޮށް އުޅުއްވީ އޭނާއެވެ. ސަރުކާރުގެ ގިނަ ކުންފުނިތަކަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކާ ކުރިމަތިވާއިރު، އެއީ ދައުލަތުން ބޮޑު ޚަރަދެއް ކުރާ ކުންފުނިތަކެކެވެ. އަދި އެކި ސަރުކާރުތަކުގައި ކުންފުނިތަކަށް ސިޔާސީ ބޭނުމުގައި މީހުން އައްޔަންކޮށް، ކޮރަޕްޝަން ހިންގުމުގެ ގިނަ ތުހުމަތުތައް ވެސް އަމާޒުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ