ޕީޕީއެމް ރައީސްގެ މަގާމުން މައުމޫން ދުރުކުރާނަން: ފަލާހު

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ރައީސްގެ މަގާމުން މައުމޫން އަބްދުލް ގައްޔޫމް ދުރު ކުރާނެ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ. މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާއެކު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕު އޮތް ކަން ހާމަ ކުރުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ފަލާހު ވިދާޅުވީ ޕީޕީއެމްގެ ރައީސްގެ މަގާމުން މައުމޫން ދުރުކުރަން ޖެހިފައިވާ ކަމަށާއި އެ މަސައްކަތް ޕީޕީއެމްގެ ތެރެއިން ކުރާނެ ކަމަށެވެ. "ރައީސް މައުމޫނަށް މިއަދުގެ ރައީސުލްޖުމްހޫރިއްޔާ، އެމަނިކުފާނު ކުރައްވާ އިހްތިރާމަކާއި ލޮތްބަކައި ގަދަރެއްގެ ސަބަބުންނޭ މިއަދާ ހަމައަށް ޕީޕީއެމްގެ ރައީސް ކަމުގައި ހުންނެވުނީ،" "އަޅުގަނޑުމެން އިރާދަ ކުރެއްވިއްޔާ ފަށާނީ އެ މައްސަކަތް. ރައީސް މައުމޫން އެވަނީ ރައީސް ކަމުން ދުރުކުރަން ޖެހިފައި. އިރާދަ ކުރެއްވިއްޔާ އެ މަސައްކަތް ކުރާނަން." (ތަފްސީލު އަންނަނީ...)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ