އުފަން ނުވާ ގިނަ ބައެއްގެ ނަން ވޯޓާސް ލިސްޓުގައި އެބަހުރި: ޕީޕީއެމް

އުފަން ނުވާ 1،000 އަށް ވުރެ ގިނަ މީހުންގެ ނަން އިލެކްޝަންސް ކޮމިޝަނުން ފޮނުވި ވޯޓާސް ލިސްޓުގައި ހިމަނާފައިވާ ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.
ނަސަދުރާގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ޕީޕީއެމް ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވީ އެ ޕާޓީ އަށް އިލެކްޝަން ކޮމިޝަނުން މިހާރު ފޮނުވާފައިވާ ވޯޓާސް ލިސްޓުގައި މަރުވެފައިވާ 66 މީހެއްގެ ނަމާއި އުފަން ނުވާ 1،323 މީހެއްގެ ހިމަނާފައިވާ ކަމަށެވެ.
"މިހާތަނަށް ލިސްޓް ޗެކް ކުރުމަށްޓަކައި ފޮނުވި ދުވަހުން ފެށިގެން ވެސް ބައިވަރު މައްސަލަތަކެއް ފާހަގަ ކުރެވިފަ އެބަހުރި. އިއްޔެގެ ލިސްޓު ލިބުނުއިރުގައި ލިސްޓުން 907 މީހުން މަދު. މި ލިސްޓުގައި އެބަހުރި އުފަން ނުވާ މީހުން ވެސް. އެންމެ އަވަހަށް އުފަންވާ މީހުން މި އުފަން ވަނީ 2019 ވަނަ އަހަރު. ކުރިން ގެންގުޅުނު ލިސްޓަކީ ރަނގަޅު ލިސްޓެއް ނަމަ މިހެނެއް ނުވާނެ،" އާމިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ލިބިފައިވާ ވޯޓާސް ލިސްޓުގައި ރާއްޖޭގެ އެއްވެސް ރަށެއްގައި ނަން ނެތް ގޭގޭ ވެސް ހިިިމެނޭ ކަމަށެވެ.
"ވިލާ ރޯސްގެ ނަމުގައި ހުޅުމާލެ އަށް ވޯޓުލާން ޖެހޭ މީހެއްގެ ނަން އެބަހުރި ރަޖިސްޓްރީކޮށްފަ،" އާމިރު ވިދާޅުވި އެވެ.
ޕީޕީއެމުން ބުނީ އެ ޕާޓީން ބޭނުންވަނީ ވޯޓާސް ލިސްޓުގައި ހުރި މައްސަލަތައް ހައްލުކޮށް ނޮވެމްބަރު 9 ގައި އަލުން މި ބާއްވާ އިންތިހާބަކީ ސައްހަ އިންތިހާބަކަށް ހެދުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ