އަދާލަތު ޕާޓީ އުވުނަ ދީގެން ނުވާނެ، އެޕާޓީވެސް ދަމަހައްޓަން ޖެހޭ : އަލީ ވަހީދު
ފޮޓޯ : މަޖިލިސްއަދާލަތު ޕާޓީ އުވުނަ ދީގެން ނުވާނެ ކަމަށާއި އެޕާޓީ ވެސް ދަމަހައްޓަން ޖެހޭނެކަމަށް ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ތޮއްޑޫ ދާއިރާގެ މެމްބަރު ޢަލީ ވަހީދު ވިދާޅުވީ މަޖިލީހުން މިހާރު ފާސްކޮށްފައިވާ ސިޔާސީ ޕާޓީތަކާއި ބެހޭ ބިލުގައިވާ ބައެއްކަންކަން އިސްލާހު ކުރަން ޖެހޭ ކަމަށެވެ.އަލީ ވަހީދުގެ ވާހަކައިގައި އިދިކޮޅު ހިޔާލު ނައްތާލަން މަސައްކަތް ކުރުމަކީ ކަސިޔާރު ވިސްނުން ގެންގުޅޭ މީހުންގެ ވިސްނުމެއް ކަމަށާއި އެފަދަ ކަންކަމަށް ޖާގަދެވިގެން ނުވާނެ ކަމަށް ހާމަކޮށްފިއެވެ. އަދި އެއްފިކުރު އަނެއް ފިކުރަށް ޒިންމާދާރު ކުރެވިގެން ނޫނީ ރައްޔިތުންނަށް ރަނގަޅު ގޮތެއް ނުފެންނާނެ ކަމަށް ވެސް އަލީ ވަހީދު ވިދާޅުވިއެވެ.ސިޔާސީ ޕާޓީ ތަކާބެހޭ ބިލު ފާސްކުރުމަށް ހުށަހެޅުމާ ގުޅިގެން އަދާލަތުޕާޓީން ދަނީ 10,000 މެމްބަރުން ހަމަކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި ބައެއް ކުދި ޕާޓީތަކުންވަނީ ސިޔާސީ ޕާޓީތަކުގެ ބިލު މިހާރު އެއޮތް ގޮތަށް ފާސްކޮށްފި ނަމަ ސްޕްރީމު ކޯޓަށް ދާނެ ކަމަށް ވެސް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ