ޓީޗަރުންނާއި ބެލެނިވެރިންގެ އިންޓަ ސްކޫލް ނެޓް ބޯޅަ މުބާރާތް އަންނަ ހޯމަ ދުވަހު ފަށަން ނިންމައިފި އެވެ.
ނެޓްބޯޅަ އެސޯސިއޭޝަނުން ބުނީ، މިމުބާރާތުގައި ޓީޗަރުންގެ 17 ޓީމާއި ބެލެނިވެރިންގެ 18 ޓީމް ވާދަކުރާ ކަމަށެވެ. އަދި ކޮންމެ ދުވަހަކުވެސް ޖުމްލަ ހަމެޗް ކުޅުމަށް ހަމަޖެހިފައި ވާއިރު، މެޗް ތައް ކުޅުމަށް ހަމަޖެހިފައި ވަނީ ސޯސަލް ސެންޓަރު އައުޓްޑޯކޯޓުގައި ކަމަށް ވެސް ނެޓްބޯޅަ އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
ނެޓްބޯޅަ އެސޯސިއޭޝަނުން ބުނީ، މުބާރާތުގައި ވާދަކުރާ ބެލެނިވެރިންގެ ޓީމްތައް ހަތަރު ގުރޫޕަކަށް ބަހާލާފައިވާއިރު އަދި ޓީޗަރުންގެ ޓީމްތައްވެސް ހަތަރު ގުރޫޕަކަށް ބަހާލާފައިވާ ކަމަށެވެ.
މިމުބާރާތުގައި ބެލެނިވެރިންގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އަމީނިއްޔާ ސްކޫލާއި، ބްރިޖު ސްކޫލެވެ.އަދި ޓީޗަރުންގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ލާލޭ އިންޓަ ނޭޝަނަލް ހައި ސްކޫލާއި، އެކްސެލް އިންޓަ ނޭޝަނަލް ސްކޫލެވެ.
މިމުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށެވެ.
ޓީޗަރުންނާއި ބެލެނިވެރިންގެ އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތް އަންނަ ހޯމަ ދުވަހު ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ