ތުޅާދޫ ސްކޫލް ދަރިވަރުންނަށް ފަތަންދަސްކޮށް ދިނުމުގެ ޕްރޮގްރާމެއް ފަށައިފި

ބ. ތުޅާދޫ ސްކޫލް ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
އެ ޕްރޮގްރާމަކީ ތުޅާދޫ ޕޮލިސް ސްޓޭޝަނާއި ސްކޫލް ގުޅިގެން މިއަދުން ފެށިގެން 21 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމްގައި، ފެތުމުގެ ހުނަރުތައް ދަރިވަރުންނަށް ދަސްކޮށްދިނުމުގެ އިތުރުން ކަސްރަތުގެ ހަރަކާތްތަކާއި މޫދަށް އެރިއުޅޭއިރު ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ކިޔައިދިނުމަށް ހަމަޖެހިފައިވެއެވެ.
ތުޅާދޫ ސްކޫލްގެ އެކި ގްރޭޑް ތަކުން 41 ދަރިވަރުންނާއެކު ފެށި އެ ޕްރޮގްރާމް ކުރިއަށް ގެންދާނީ ތިން ގްރޫޕަކަށް ބަހާލައިގެން ކޮންމެ ދުވަހަކު ހެނދުނު ދެ ސެޝަން އަދި މެންދުރު ފަހު ސެޝަނެއް ނަގައިދޭ ގޮތަށެވެ.
އެ ޕްރޮގްރާމްގައި ދަރިވަރުންނަށް ފަތަން ދަސްކޮށްދޭނީ ފުލުހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ