"ކަލަރ ރަން" މިއަދު ހަވީރު ބާއްވަން ނިންމައިފި

ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހާއި ގުޅިގެން އައްޑޫ ސިޓީ ހުޅުމީދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ "ކަލަރ ރަން" މިއަދު ބާއްވަން ނިންމައިފިއެވެ.
ކޮވިޑް-19ގެ ސަބަބުން މި އިވެންޓް ދެ ފަހަރެއްގެ މަތިން ފަސްކޮށްފައިވާއިރު މިއަދު އިވެންޓް ފެށުމަށް ހަމަޖެހިފައިވަނީ ސ.ހުޅުދޫއާ ވީ ކޮޅުންނެވެ. މި ކަލަރ ރަންގައި ފުލުހުންގެ އިސްވެރިން ބައިވެރިވުމަށް ހަމަޖެހިފައިވާއިރު ހުޅުދޫ މީދޫ އަވަށުގެ ސަތޭކައަށްވުރެ ގިނަ ދަރިވަރުން ވަނީ މި ރަންގައި ބައިވެރިވެފައެވެ.
ބައިނަލްއަގްވާމީ ކުޑަކުދިންގެ ދުވަހާއި ގުޅިގެން ހުޅުމީދޫގައި ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނައިރު މި މަހުގެ 18 ވަނަ ދުވަހު ވަނީ އާޓް އެގްޒިބިޝަން އެއްވެސް ބާއްވާފައެވެ.
މީގެއިތުރުން ބިލްބޯޑް އިފްތިތާހުކުރުމާއި، މިއަހަރަށް ތައްޔާރުކޮށްފައިވާ ދުވަހާއި ގުޅޭ ލަވަ ނެރުމަށް ހާއްސަ ރަސްމިއްޔާތެއް ވަނީ އިއްޔެ ވަނީ ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި ވަހަކަ ދައްކަވަމުން އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ ކައުންސިލަރު ހުސެއިން ފައިއްޒުއްރަހްމާން ވިދާޅުވީ ކުޑަކުދިންގެ ދުވަހެއް ފާހަގަކޮށް އެއްދުވަހުން އެކަން ނިންމާލުމުން ނުފުދޭ ކަމަށާއި ތުއްތުކުދިން ބޮޑުވަމުން އަންނަނީ ރައްކާތެރިިކަމާއެކު ލިބެންޖެހޭ ހައްގުތައް ލިބޭންކަން ކޮންމެ ދުވަހަކުވެސް ކަށަވަރުކުރަން ޖެހޭ ކަމަށް ކަމަށެއެވެ.
އަދި ކުޑަދިންނަށް ލިބޭ ގޯނާތަކުން އެކުދިން ސަލާމަތްވެ، ރާއްކާތެރިކަމާއެކު ބޮޑުވަމުން އަންނަކަން މުވައްސަސާތަކާއި ރައްޔިތުން ކުރާ މަސައްކަތުން ކަށަވަރުވާން ޖެހޭނެ ކަމަށެވެ.
ކުޑަކުދިންގެ ދުވަހާއި ގުޅިގެން މި މަހުގެ 21 ވަނަ ދުވަހު ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށްވެސް ފުލުހުން ތައްޔާރުވަމުން އަންނައިރު މިއީ މި ދެ އަވަށުގެ ކުޑަކުދިންނަށް ހާއްސަކޮށް މިހާ ބޮޑު ހަރަކާތްތަކެއް ކުރިއަށް ގެންދާ ފުރަތަމަ ފަހަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ