ވިއްސާރަ ކުރާނީ އުތުރާއި ދެކުނަށް، މެދު ރާއްޖެ ތެރެއަށް މޫސުން ރަނގަޅު

މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގަ މިއަދު މޫސުން ގޯސްވާނީ އުތުރާއި އެންމެ ދެކުނުގެ އަތޮޅުތަކަށް ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.
މެޓް އޮފޮފީހުން ބުނީ މެދު ރާއްޖެ ތެރޭގެ ބައެއް ރަށްރަށަށް ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން ރަނގަޅު ކަމަށެވެ. އެކަމަކު ރާއްޖޭގެ ހުރިހާ ކަނޑުތަކެއްވެސް އާދައިގެ ވަރަކަށް ގަދަވެފަ ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.
އުތުރާއި އެންމެ ދެކުނުގެ އަތަޮޅުތަކަށް ބޯކޮށް ވާރޭވެހި ބައެއް ރަށްރަށަށް ގުގުރާނެ ކަމަށް ލަފާ ކުރެ އެވެ.
މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި ވައިޖެހޭނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާ 20 މޭލު ދެމެދުގެބާރުމިނުގައި އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެ އެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ އަކީ ހުޅަނގު މޫސުމުގެ ބާރު ގަދަވެ، އުފެދިފައިވާ ލޯ ޕްރެޝާ ޓްރަފެއްގެ ސަބަބުން  ކުރާ ވިއްސާރައެއް ކަމަށް މެޓް އޮފީހުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ