ޕީޕީއެމް ޤައުމީ ޖަލްސާ ސައްހަ: ސުޕްރީމް ކޯޓް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ކޮންގްރެސް ސައްހަ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ސުޕްރީމް ކޯޓުން މިގޮތަށް ކަނޑައެޅީ ޕީޕީއެމުން މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަންނަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ސައްހަ ނޫން ކަމަށް ހައި ކޯޓުން ކަނޑައެޅުމުން ސުޕްރީމް ކޯޓުގައި އެ ކޮމިޝަނުން އިސްތިއުނާފު ކުރި މައްސަލާގައި މިއަދު އިއްވި ހުކުމުގައެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިމައްސަލަ ނިންމާފައިވާއިރު ޕީޕީއެމްގެ ބާރުތައް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލުކޮށްދިނުމަށް އެދި އާންމު މެމްބަރަކު ހުށަހެޅި މައްސަލައިގެ ޝަރީއަތް ވެސް ސުޕްރީމް ކޯޓުގައި ދަނީ ކުރިއަށެވެ.
ރިޔާސީ އިންތިހާބަށްފަހު ޕީޕީއެމުން ބޭއްވި އެ ކޮންގްރެސްގައި ވަނީ ޕާޓީގެ ރައީސްކަމުގެ މަގާމަށް އަބްދުﷲ ޔާމީން އިންތިޚާބުކޮށް، ޕާޓީގެ ހަތަރު ނާއިބު ރައީސުންނާއި އެހެން އިސް މަގާމުތަކަށްވެސް މީހުން އިންތިޚާބުކޮށްފައެވެ.
ޕީޕީއެމްގެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުންދާއިރު ޕީޕީއެމްގެ ރައީސް ޔާމީން އިސްވެ މިހާރު ވަނީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ނަމުގައި އައު ސިޔާސީ ޕާޓީއެއް ހައްދަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ