ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ގަމު ދާއިރާގެ ކުރީގެ މެންބަރު އައްޔަންކޮށްފި

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ގަމު ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް އަބްދުލްޣަފޫރު ހަމަޖައްސަވައިފި އެވެ. ޔޫސުފް އަބްދުލްޣަފޫރު ވަނީ މި އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެސް ވާދަކުރައްވައިފަ އެވެ. ނަމަވެސް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވައި އޭނާ އަށް ވަނީ ނާކާމިޔާބުވެފަ އެވެ. ރައީސް އަބްދުﷲ ޔާމީން ހޯމް މިނިސްޓްރީ އަށް އަލަށް ސްޓޭޓް މިނިސްޓަރަކު އައްޔަންކުރެއްވި އިރު އެ މިނިސްޓްރީގައި މިހާރު ވެސް ތިން ޑެޕިއުޓީ މިނިސްޓަރުންނާއި އެ ފެންވަރުގެ އިތުރު ބޭފުޅަކު އެބަ ހުންނެވި އެވެ. ރައީސް އަބްދުﷲ ޔާމީން ވަނީ ހެލްތު މިނިސްޓްރީގެ ނައިބުގެ މަގާމަށް ފުވައްމުލަކު އުތުރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރަފީގު ވެސް ހަމަޖައްސަވައިފަ އެވެ. އޭނާއާ އެކު ހެލްތުގައި މިހާރު ފަސް ނައިބުން ތިއްބަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ