ހޮނިހިރު ދުވަހު ހަވީރު 4 އިން ރޭގަނޑު 12 އަށް ހިނގާފައި އުޅޭ ގޮތަށް ހަމަޖައްސައިފި
19:00ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހޮނިހިރު ދުވަހު ހަވީރު 4:00 ން މެންމަދު 12:00 އަށް ހިނގާފައި އުޅޭ ގޮތަށް ޓްރާންސްޕޯޓު މިނިސްޓްރީން ހަމަޖައްސައިފި އެވެ.ޓްރާންޕޯޓު މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ އޮތޯރިޓީން ކަނޑައަޅާ އެއްގަމު އުޅަނދުތައް ފިޔަވައި އެހެން އެއްވެސް އުޅަނދެއް އެ ވަގުތުތަކުގައި މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ދުއްވުމަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ ދަށުން މަނާ ކަމެއް ކަމަށެވެ. އަދި އެ އެންގުމާ ހިލާފުވާ ފަރާތްތައް އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 65 ވަނަ މާއްދާގެ ދަށުން 750 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ޓްރާންސްޕޯޓް އޮތޯރިޓީގެ އިއުލާނުގައިވެ އެވެ.ހިނގާފައި އުޅޭ ދުވަހު ދުއްވޭނީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު ފަހަރާއި އެމްބިއުލެންސާއި ފުރާ މީހުން ބޭނުން ކުރުމަށް ހުއްދަ ދޭ ޓެކްސީ އާއި ޕިކަޕާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަކޮށްފައި ހުންނަ ސައިކަލާއި އަދި އެ ދުވަހު ހަވީރު 4:00 އިން ދަންވަރު 12:00 އަށް ދުއްވުމުގެ ހުއްދަ ދޭ ވެހިކަލްތައް ކަމަށް އެ އޮތޯރިޓީން ބުނެ އެވެ. މީގެ އިތުރުން ފުރާ މީހުން ބޭނުންކުރުމަށް ހުއްދަ ދޭ ޓެކްސީ އާއި ޕިކަޕްތަކުގަ އާއި ޓްރާންސްޕޯޓް އޮތޯރިޓީގެ ހާއްސަ ހުއްދައެއް އާންމުކޮށް ފެންނަ ގޮތަށް ހަރުކޮށްފައި ހުންނާނެ ކަމަށް ވެސް އެ އޮތޯރިޓީން ބުނެ އެވެ.ޖޫން 5 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ފައިމަގުގައި އުޅޭ ވަގުތުތަކެއް ހާއްސަކޮށްފައިވާ އިރު މިދިޔަ މާޗް 27 ގައި އާތު އަވާ ފާހަގަކޮށްފައި ވަނީ ވެސް ފައިމަގުގައި އުޅޭ ދުވަހެއްގެ ގޮތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ