އެމްބީސީގެ ޝަރީއަތް: މުދާ ނުހުންނަ ޓްރޭޑް މާކްތަކެއްގައި މުދާ ހުރި ކަމަށް ބުނެ އެމްއެންބީސީގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެދުމަކީ ދެއުޅިއެއް ނުވާ ކަމެއް: ދައުލަތުގެ ވަކީލާ

ޓީވީ މޯލްޑިވްސް އާއި ދިވެހި ރާއްޖޭގެ އަޑަކީ ގާނޫނީ ޝަހުސަކަށް ނުވާ އިރު އެއީ ޓްރޭޑް މާކްތަކެއް ކަމަށާއި ޓްރޭޑްމާކްތަކެއްގައި ނުހުންނަ މުދަލަކާ މެދު ގޮތެއް ނިންމަން ވަގުތީ އަމުރެއް އެމްއެންބީސީގެ މައްޗަށް ނެރެދިނުމަށް އެމްބީސީ އިން އެދުމަކީ ދެއުޅިއެއް ނުވާ ކަމެއް ކަމަށް ދައުލަތުގެ ބަންޑާރަނައިބުގެ އޮފީހުގެ ވަކީލު ވިދާޅުވެއްޖެ އެވެ.އެމްބީސީ ގާނޫނުގެ ދަށުން ދިވެހި ރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސް އާއި އެ ދަތަނުގެ މުދަލާ މުވައްޒަފުން ހޯދަން އެމްބީސީން ފިނޭންސް މިނިސްޓްރީގެ މައްޗަށް ކުރާ ދައުވާގައި ރީބްރޭންޑް ކޮށްފައިވާ ޓީވީ އާއި ރޭޑިއޯގެ އާކައިވްއާ ކުޅެ ހިއްސާ ވިއްކުން ހުއްޓުވައި ދިނުމުގެ އަމުރަކަށް އެމްބީސީން ކޯޓުގައި ވަނީ އެދިފަ އެވެ.ވަގުތީ އަމުރަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލާ ޝަފާ ޝަރީފު ވިދާޅުވީ ޓީވީ މޯލްޑިވްސް އާއި ދިވެހި ރާއްޖޭގެ އަޑަކީ ގާނޫނީ ޝަހުސެއް ނޫން ކަމަށެވެ. ޝަފާ ވިދާޅުވީ އެއީ ޓްރޭޑް މާކްތަކެއް ކަމަށާއި ޓްރޭޑްމާކްތަކެއްގައި ނުހުންނަ މުދަލަކާ މެދު ގޮތެއް ނިންމަން ވަގުތީ އަމުރެއް އެމްއެންބީސީގެ މައްޗަށް ނެރެދިނުމަށް އެންމްބީސީން އެދުމަކީ ދައުވާ ކުރާ ފަރާތުން ކުރާ ދެއުޅި އެއްނުވާ ކަމެއް ކަމަށެވެ.ޝަފާ ވިދާޅުވީ އެމްބިސީގެ ދައުވާ ރައްދުވަނީ ފިނޭންސް މިނިސްޓްރީ އަށް ކަމަށާއި އެމްއެންބީސީއަކީ ގާނޫނީ ވަކި ޝަހުސަކަށްވާ އިރު އެމްއެންބީސީގެ މައްޗަށް ކަމެއް ލާޒިމުކޮށް ކޯޓް އަމުރެއް ނެރެދިނުމަށް އެދުމަކީ ގާނޫނީ އަދި އިޖުރާއީ ގޮތުން އެއްވެސް ގޮތަކަށް ހަމަޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ އެއީ ބޭ އިންސާފުން ކުރެވޭ ކަމަކަށް ވާނެ ކަމަށެވެ.އެމްބީސީގެ ވަކީލު އަހުމަދު ފާއިޒު ވިދާޅުވީ ދައުލަތުން އެމްބީސީގެ ގާނޫނު ގަބޫލު ކުރައްވާ އިރު ލަފުޒުތަކެއް ނަންގަވައިގެން އެ ވާހަކަތައް ދައްކަވަނީ ޝަރީއަތަށް އޮޅުވާލެއްވުމަށް ކަމަށާއި މި އަމުރު ނެރެ ނުދެއްވައިފި ނަމަ މިކަން ވެގެންދާނީ ދިވެހި ރައްޔިތުންނަށް ލިބޭ އިޔާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމަކަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ