މިއަދު ސިވިލް ކޯޓުން ކުރި ހުކުމުގައި ޕީޕީއެމްގެ އޮފީސް، ވަކި ބޭފުޅަކާއި ހަވާލުކުރަން ނެތް ކަމަށާއި، ޕީޕީއެމް އޮފީސް ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން އާއި ހަވާލުނުކުރައްވާނެ ކަމަށް، ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައިސްވމައުމޫން ފެކްޝަންގެ ކައުންސިލް ބައްދަލުވުމަށްފަހު، ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، "ދެންމެ ގުޅުއްވާފައި ކުރީގެ ޕާޓީގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި ބޭފުޅަކު، މިހާރު އެއްވެސް ހައްސިއްޔަތެއް ނެތް ބޭފުޅަކު ޕާޓީގެ މުސްތަޝާރު ވިދާޅުވެގެން، ޕާޓީގެ އޮފީހުގެ ތަޅުދަނޑި އާއި ހަވާލުވާން އަންނަ"ކަމަށެވެ. ނަމަވެސް ރައީސް މައުމޫން ވިދާޅުވީ އެގޮތަށް އެކަންތަށް ނުކުރައްވާނެ ކަމަށެވެ.
ކޯޓުން އެ ހުކުމް އިސްތިއުނާފް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ކޯޓުން އަމުރު ކުރި ކަންތައްތަކަށް އަމަލުނުކުރައްވާނެ ކަމަށްވެސް، ރައީސް މައުމޫން ވިދާޅުވިއެވެ.
ޕީޕީއެމް އޮފީސް ޕާޓީގެ މުސްތަޝާރާ ހަވާލުނުކުރައްވާނެ ކަމަށް ރައިސް މައުމޫން ވިދާޅުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ