އެސްއޯއެފް ޝަރީއަތަށް ހާޒިރު ނުވާ ނަމަ ޣައިރު ހާޒިރުގައި މައްސަލަ ހިންގަން ނިންމައިފި

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅުން އޮތްކަމުގެ ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނި އަތުން 160 މިލިއަން ރުފިޔާ ހޯދަން އެމްއެމްޕީއާރުސީން ކުރާ ދައުވާގެ ޝަރީއަތަށް އެސްއޯއެފް ހާޒިރުނުވެއްޖެ ނަމަ އެ މައްސަލަ ޣައިރު ހާޒިރުގައި ހިންގާނެ ކަން ކޯޓުން ވަނީ ނިންމާފައެވެ.
މިހާރު ފިލައިގެން ރާއްޖެއިން ބޭރުގައި އުޅޭ މުހައްމަދު އައްލާމް ލަތީފް (މޮހޯ) ގެ ހިއްސާ އޮތް އެސްއޯއެފްއަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް އެކި ފަރާތްތަކަށް ބެހި ކަމުގެ ތުހުމަތު ކުރެވޭ ކުންފުންޏެވެ. މޮހޯ އަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ގާތް ގުޅުމެއް އޮންނަ ފަރާތެކެވެ.
އެމްއެމްޕީއާރުސީން ދައުޥާކޮށްފައިވަނީ އެ ދެ ކުންފުނީގެ ދެމެދުގައި އޮތް އެއްބަސްވުމެއްގެ ދަށުން އެމްއެމްޕީއާރުސީ އަށް ލިބެންޖެހޭ 10.3 މިލިއަން ޑޮލަރު އާއި އެ ކުންފުނިން އެސްއޯއެފަށް ދޫކުރި ހަތަރު ލައްކަ ޑޮލަރު އެއްފަހަރާ ދެއްކުމަށެވެ.
އެ މައްސަލާއިގެ ޝަރިއްޔަތުގެ އަޑުއެހުން ބުރާސްފަތި ދުވަހު އޮންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ