ތިން އުމުރުފުރާގެ ފައިނަލަށް މުހިޔިއްދީން ސްކޫލް ދަތުރުކޮށްފި

ހަތަރު ވަނަ މައިލޯ އިންޓަރ ސްކޫލް ކުރިކެޓް ލީގްގެ ތިން އުމުރުފުރާގެ ފައިނަލަށް މުހިޔިއްދީން ސްކޫލް ދަތުރުކޮށްފި އެވެ.
16 އަހަރުން ދަށުގެ އުމުރުފުރާއިން މުހިޔިއްދީން ސްކޫލާއި އިސްކަންދަރު ސްކޫލް ފައިނަލަށް ދަތުރުކޮށްފައިވާއިރު މި އުމުރުފުރާގެ ފައިނަލަށް މުހިޔިއްދީން ސްކޫލް ދަތުރުކުރީ ބުދަ ދުވަހު ކުޅުނު މެޗު ތާޖުއްދީން ސްކޫލާއި ބައްދަލުކޮށް 7 ލަނޑުން ކާމިޔާބުކޮށްގެން ނެވެ.
ޓޮސް ދިމާވުމުން މުހިޔިއްދީން ސްކޫލް ކުޅެންއަރާ 10 އޯވަރު 4 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 54 ލަނޑެވެ. ޖަވާބުގައި ތާޖުއްދީން ސްކޫލް ކުޅެންއަރާ 10 އޯވަރު ނިމުނުއިރު 4 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 47 ލަނޑެވެ.
މި މުބާރާތުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހު އެވެ. އެ ދުވަހު ހެނދުނު 7:30 ގައި 12 އަހަރުން ދަށުއުމުރުފުރާގެ ފައިނަލް މެޗުގައި ބިލަބޮންގް އާއި މުހިޔިއްދީން ސްކޫލް ބައްދަލުކުރާއިރު 14 އަހަރުން ދަށު އުމުރުފުރާގައި ބައްދަލުކުރާނީ ތާޖުއްދީންއާއި މުހިޔިއްދީނެވެ. އަދި 16 އަހަރުން ދަށުގެ އުމުރުފުރާގެ ފައިނަލުގައި ބައްދަލުކުރާނީ މުހިޔިއްދީން އާއި އިސްކަންދަރު ސްކޫލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ